ނެއްލައިދޫ ފުޓްސަލް ދަނޑުގައި ނުނިމި ހުރި މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން އިޢުލާން ކޮށްފި

ނެއްލައިދޫ ފުޓްސަލް ދަނޑުގައި ނުނިމި ހުރި މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން އިޢުލާން ކޮށްފިއެވެ.
މިއަދު އެ ކައުންސިލުން ކުރި އިޢުލާނުގައިވާ ގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 11:00 ގައި އެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަންދާސީ ހިސާބު ހުށަހަޅަންޖެހެއެވެ. އަދި މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް ބިޑް ހުށަނޭޅޭނެކަމަށްވެސް އެ ކައުންސިލުން މަޢުލޫމާތު ދެއެވެ.
އެކަމާގުޅޭ އިތުރު މަޢުލޫމާތު 6520041 އާއި ގުޅުއްވުމުން ލިބިލައްވާނޭކަމަށްވެސް އެކައުންސިލުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ