އިއްޔެ ކުރި ވިއްސާރައިގައި މާމިގިއްޔަށް ގިނަ ގެއްލުންތަކެއް

އދ. މާމިގިއްޔަށް އިއްޔެ ކުރި ވިއްސާރައިގައި ގިނަ ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ރަށު ކައުންސިލްގެ ނައިބު ރައީސް ޝިހާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ޝިހާމް ވިދާޅުވީ އިއްޔެ ކުރި ވިއްސާރައިގައި ރަށުގެ ގަސްތައް ވެއްޓުމާއި ކޭބަލް ނެޓްވޯކް ބަލަހައްޓާ ގޭގެ ކޮންޓްރޯލް ރޫމްގެ ފުރާޅު ނެއްޓި އެހިދުމަތް ވެސް ކެނޑިފައިވާ ކަމަށެވެ.
އޭގެ އިތުރުން އަމިއްލަ ބައެއް ގެތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ޝިހާމް ވަނީ ވިދާޅުވެފައެވެ. އެގޮތުން ބައެއް ގެތަކުގެ ފުރާޅު ނެއްޓިގެން ގޮސްފައިވާ ކަމަށާއި ނަމަވެސް ދިރިނޫޅެވޭ ވަރަށް އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ޝިހާމް ވިދާޅުވި އެވެ. އަދި ރަށުގެ ބަނދަރުގެ ސަރަހައްދެއް ވަނީ އުދައަރައި ގިރާލާފައިވާކަމަށް ޝިހާމް ވަނީ ވިދާޅުވެފައެވެ.
ރަށުގެ ދަނޑު ބިންތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ވެސް ޝިހާމް ވަނީ ވިދާޅުވެފަ އެވެ. އަދި ފުލުހުންނާ ގުޅިގެން ލިބިފައި ހުރި ގެއްލުުންތައް ބަލަމުން އަންނަ ކަމަށާއި ލިބުނު ގެއްލުންތައް ބެލުމަށްފަހު ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އަށް ހުށަހަޅާނެ ކަމަށްވެސް ޝިހާމް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ