ޔާމީން މިނިވަން ކުރުމަށް ޔޫރަޕްގެ ޖަމާއަތަކުން ގޮވާލައިފި

މަނީ ލޯންޑަރިންގެ ތުހުމަތުގައި އުފުލިފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމުން މާފުށީ ޖަލުގައި ބަންދު ކޮށްފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް އެލަޔަންސް އޮފް ކޮންޒަވޭޓިވްސް އެންޑް ރީފޯމިސްޓް އިން ޔޫރަޕް (އޭސީއާރުއީ) އިން ގޮވާލައިފިއެވެ.
އޭސީއާރުއީއަކީ ޔޫރަޕިއަން ޔޫނިއަން ހަރުދަނާ ކުރުމަށް އެކުލަވާލާފައިވާ ޖަމާއަތެކެވެ. މި ޖަމާއަތުގެ މެމްބަރުންގެ ގޮތުގައި 21 ގައުމެއް ހިމެނެއެވެ.
އޭސީއާރުއީން ނެރުނު ބަޔާނުގައި ބުނީ ޔާމީން ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޯމަތިވެފައި ވަނިކޮށް ސިޔާސީ މަގުސަދެއްގައި ކަމުގައެވެ. އަދި ޔާމީން ހައްޔަރުކުރި އިރު ޔާމީންގެ ފަރާތުން ގިނަ އަދަދެއްގެ ބަޔަކު މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅުމަށް ތައްޔާރުވަމުން ދިޔަކަމަށްވެސް ބަޔަނުގައި ވެއެވެ.
މި ދަނޑިވަޅުގައި ރައީސް ޔާމީން ހައްޔަރު ކުރުމަކީ އިދިކޮޅު ކެންޑިޑޭޓުންނަށް މިނިވަންކަމާއިއެކު ކެމްޕެއިން ކުރުމަށް އެޅޭ ހުރަހެއްކަމަށާއި ރާއްޖޭގެ މަޝްރަހު ހަލަބޮލިވެފައި ވާތީ އެކަން ބަލާ މޮނިޓަރ ކުރުމަށް ޔޫރަޕިއަން ޔޫނިއަންގެ ވަފުދެއް ރާއްޖެއަށް ފޮނުވުމަށް ގޮވާލާކަމަށްވެސް އެޖަމާއަތުގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ޑިމޮކްރަސީ އަށް އިހްތިރާމްކޮށް މަޖިލިސް އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަން ކަށަވަރުކޮށް ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށްވެސް އޭސީއާރުއީގެ ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ