ޔާމީންގެ ވެރިކަން ފެއްޓެވީ ތެޔޮ ހޯއްދަވާނަމޭ ކިޔުއްވާފައި، ވެރިކަން ނިންމަވާލެއްވީ ތެލުގެ ވައްކަމުން: ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަން ފެއްޓެވީ ތެޔޮ ހޯއްދަވާނަމޭ ކިޔުއްވާފައި ކަމަށާއި ވެރިކަން ނިންމަވާލެއްވީ ތެލުގެ ވައްކަމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
"އެޖެންޑާ 19 – ކެމްޕޭން ނިންމާ ޖަލްސާ"ގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނުގެ ގަޓުކަން ދައްކަވަން މާލޭ މަގުމަތީގައި ހިންގަވާން އުޅުއްވި ކަމަށެވެ.
"ރައީސް ޔާމީނުގެ ވެރިކަމުގައި ވެގެންދިޔަ ގޮތް އަޅުގަނޑުމެން ވިސްނަވާ، އަޅުގަނޑުމެންގެ ހިތަށް ގެންނަވާ. ފައްޓަވައިގަތީ ތެޔޮ ހޯއްދަވާނަމޭ ކިޔުއްވާފައި. ނިންމާލެއްވީ ތެލުގެ ވައްކަމުން. ނޯތު ކޮރެއާއަށް ވަގަށް ތެޔޮ ވިއްކަވައިގެން. ވިދާޅުވީ ތިމަންނާ މިއީ ވަރަށް މޮޅު އިކޮނޮމިސްޓެކޭ. ވިދާޅުވީ ތިމަންނާ މިއީ ގަޓު ރައީސެކޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ވަރަށް ބޮޑު ސެޒެއް ހައްދަވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ހިޔާލީ ފޮލާ ކެއްކުވި ކަމަށާއި އެ ވިދާޅުވާ ސެޒަކަށް އައި އެންމެ ލޯލާރިއެއް ވެސް ރާއްޖޭގެ ރައްޔިތަކު ނުދެކޭ ކަމަށެވެ. އަދި އޭގެން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ލިބިފައިނުވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ