ނަޝީދު ޔާމީނަށް - ގަޓު ހެދިގެން ތިއުޅެނީ ރައްޔިތުންނަަށް ބިރުދައްކަން

"ގަޓު" ހެއްދެވިގެން އުޅެނީ ރައްޔިތުންނަށް ބިރު ދެއްކެވުމަށް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ނަޝީދުގެ ބަހުގެ ހޫނު ހަމަލާތަކެއް ކުރީގެ ރައީސް ޔާމީނަށް ރައްދު ކުރައްވައިފިއެވެ.
ރޭ މައްޗަންގޮޅީ ގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު އިކޮނޮމިސްޓަކަށް ހެދިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ރައްޔިތުން އަޑު ނަހާ ކަމަށެވެ.
"އެކަން އެނގެނީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ނާކާމިޔާބު ވެވަޑައިގެންނެވުމުން ތާއިދު ގެއްލުމުން މަޑުން ހުންނައްވާ" ޔާމީނަަށް ނަޝީދު ދެންނެވިއެވެ.
ނަޝީދު ވިދާޅުވީ "ގަޓު" ހެއްދެވިގެން ކުރެއްވި ކަމަކީ އަމިއްލަ ނަފްސަށް އަނިޔާ ކުރެއްވުން ކަމަށެވެ.
"މިވަރު ވީމާ ދެން ރައީސް ޔާމީން ދެން މަޑުމަޑުން ހުންނަވާ. އެއީ ދެން ވަރަށް ގަޓު ބޭފުޅެއްގެ ގޮތުގައި މަންޒަރު ދައްކަވާން އުޅުއްވީ، ގަޓު ރައީސް ހެދިވަޑައިގަންނަވާ އަތްފުޅާކޮށް ރަށު ތެރެއަށް ނުކުންނަވައި، މުޅި ރަށު ރައްޔިތުން ބިރު ގެންނެވީމަ، ތިމާ ވަރެއް ނެތި އުޅުއްވީމާ،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހެއްދެވި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ އެއީ "ހިޔާލި ފޮލާ"އެއް ކަމަށެވެ.
"ޔާމީންގެ ވިސްނުންފުޅަކީ ރާއްޖޭގެ އަތޮޅުތައް އުވާލައި، ރާއްޖޭގެ ހުރިހާ ރައްޔިތުން މާލެ ސަރަހައްދަށް ގެނެސް، ހިއްކި ބިމަކަށް ޖަމާ ކުރުން" ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ