"އެއްވެސް ވެރިއަކަށް ދީނީ ކަންކަން ބަލަހައްޓަން ތިންވަނަ ފަރާތަކާ ހަވާލެއް ނުކުރެވޭނެ"

ރާއްޖޭގެ ވެރިއަކަށް ހުންނަ ބޭފުޅަކަށް އިސްލާމް ދީނުގެ ކަންކަން ބެލެހެއްޓުން ތިން ވަނަ ފަރާތަކާ ކޮންޓްރެކްޓް އުސޫލުން ހަވާލު ނުކުރެވޭނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު ސައީދު އެހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ސަރުކާރެއްގައި ދީނީ ކަންކަން ގެންދާނެ ގޮތަކީ އަދާލަތު ޕާޓީގެ ހުށަހެޅުން ކަމަށް އެމްޑީޕީން ގަބޫލު ކުރި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުންނެވެ. ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަންގެ އެއްބަސްވުމުގައި ޕީޕީއެމްގެ ސިޔާސީ ޝިއާރަކަށް ނުވަތަ 2015ގައި ނެރުނު ރިޕޯޓަކަށް އަމަލު ކުރަން ޖެހޭ ކަމަކަށް ނެތް ކަމަށެވެ. 2015 ގައި ނެރުނު ރިޕޯޓެއް ކަމަށް ވިދާޅުވެ، ނަޝީދު އެ އިޝާރާތް ކުރެއްވީ އެމްޑީއެންއިން އިސްލާމް ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓަށް ކަމަށް ބެލެވެއެވެ. ނަޝީދު ނުސީދާކޮށް އެމްޑީއެންގެ ރިޕޯޓާ މެދު އެއްވެސް ފިޔަވަޅެއް އަޅަން ނުޖެހޭ ކަމަށާއި، އަދި އެމްޑީޕީން ދީނީ ކަންކަން ހަވާލު ކުރީ އަދާލަތު ޕާޓީއަށް ކަމަށް ވިދާޅުވުމުން ސައީދު ވިދާޅުވީ ސައްތައިންސައްތަ މުސްލިމު އުމްމަތެއްގެ ވެރިއެއްގެ މައްޗައް، ގައުމުގެ އެންމެމަތީ އޮފީހާާއި ހަވާލުވެ ހުންނަކޮންމެވަގުތެއްގައި އެންމެ އިސްވާޖިބުން ބަރީއަވެ ތިން ވަނަ ފަރާތަކަށް ދީނުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ކޮންޓްރެކްޓް އުސޫލުން ހަވާލުކުރެވޭނެ އިންތިޒާމެއް ގާނޫނުއަސާސީއަކު ނޯންނަ ކަމަށެވެ.
ސައްތައިންސައްތަމުސްލިމްއުމްމަތެއްގެ ވެރިއެއްގެމައްޗައް، ގައުމުގެއެންމެމަތީއޮފީހާާއިހަވާލުވެހުންނަކޮންމެވަގުތެއްގެ އެންމެއިސްވާޖިބުންބަރީއަވެ 3ވަނަފަރާތަކަށްދީނުގެކަންކަންބެލެހެއްޓުމުގެޒިންމާ ކޮންޓްރެކްޓް އުސޫލުންހަވާލުކުރެވަޭނެ އިންތިޒާމެއްޤާނޫނުއަސާސީއަކުނޯ ވޭ@MohamedNasheed pic.twitter.com/MsLnlRTTub— Mohamed Saeed (@em_saeed) October 26, 2019
އެގޮތުން ގިނަ މީހުން ބުނީ އެމްޑީއެންގެ ރިޕޯޓާމެދު ފިޔަވަޅު އަޅާއިރު އެ ރިޕޯޓުގެ ތާރީހަށް ބަލަން ނުޖެހޭ ކަމަށެވެ. އަދި މި ސަރުކާރުން ހަމައެކަނި ބަލަން ޖެހޭނީ، މި ސަރުކާރުގައި ހިނގި މައްސަލަތައް އެކަނި ނޫން ކަަމަށްވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ. މީގެ އިތުރުން ރައީސް ނަޝީދަށް ކިތަށް ދޫ ލިބިވަޑައިގެންފައިވޭތޯވެސް ނަޝީދު ކުރެއްވި ޕޯސްޓަށް ކޮމެންޓު ކުރި މީހަކު ވަނީ ސުވާލު އުފައްދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ