ހުރިހާ ކަމެއް މާލެއަށް، ކުށްވެރިވަނީ ރަށުގައި ޑޮކްޓަރަކު ހުންނަންވާނޭ ބުނާ ރައްޔިތުން

ކުށްވެރިވަނީ ރަށުގައި ޑޮކްޓަރަކު ހުންނަންޖެހޭކަމަށް ބުނާ ރައްޔިތުން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވަނީ، ބޮޑެތި ތަރައްގީގެ މަޝްރޫއުތައް މާލެ ސަރަހައްދުގައި ހިންގާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން އަލީ ހުސައިން ވިދާޅުވީ ބުރިޖުތަކާ ވިޔަފާރި ބަނދަރުތަކާ އަދި ޔޮޓް މެރީނާތައްވެސް އަންނަނީ މާލެ އަށް ކަމަށެވެ. އަދި އަލަށްހަދާ ކެންސަރުގެ ހޮސްޕިޓުވެސް ހަދަނީ މާލޭގައި ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
އަދި ކުއްވެރިވަނީ ރަށުގައި ޑޮކްޓަރަކު ހުންނަންވާނޭ ބުނާ ރައްޔިތުން ކަމަށް އަލީ ހުސައިން ވަނީ ޓްވީޓްގައި ވިދާޅުވެފައެވެ. ޮމައްސަލަ އަކީ ހުރިހައި ކަމެއް މާލެއަށް(ލާ)މަރުކަޒީ ކުރުން. ބުރިޖުތަކާ ވިޔަފާރި ބަނދަރުތަކާ އަދި ޔޮޓް މެރީނާތައްވެސް އަނެއްކާވެސް މާލެއަށް. އަލަށްހަދާ ކެންސަރުގެ ހޮސްޕިޓުވެސް މާލެއަށް. އެހެނަސް ކުށްވެރި މިވަނީ ރަށުގައި ޑޮކްޓަރަކު ހުންނަންވާނޭ ބުނާ ރައްޔިތުން.— Ali Hussain (@AleeVoice) December 25, 2019
މާލެއާއި ތިލަފުށި ބްރިޖަކުން ގުޅާލުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މި ބްރިޖަށް އަބޫދާބީ ފަންޑުން، ލޯނުގެ ގޮތުގައި އަންނަ އަހަރުގެ ތެރޭގައި 305.40 މިލިއަން ރުފިޔާ ލިބޭނެ އެވެ. މި މަޝްރޫއުއަށް 488 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މިމަޝްރޫއުގެ އިތުރުން ގުޅީފަޅުގައި ބައިނަލްއަގްވާމީ ބަނދަރެއް ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް އޮތްއިރު އެކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލް މަހުގެ ކުރިން ނިންމާލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ