އެމްއެންޔޫ ފޮތް މައުރަޒަށް ރައީސް ނަޝީދު އާއި އެޑިއުކޭޝަން މިނިސްޓަރ ޒިޔާރަތްކުރައްވައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ކުރިއަަށްގެންދާ ފޮތް މައުރަޒަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ޒިޔާރަތް ކުރައްވައިފިއެވެ.
ފޮތް މައުރަޒަށް ރައީސް، ރައީސް މުޙައްމަދު ނަޝީދު ޒިޔާރަތް ކުރެއްވީ ރޭގެ ވަގުތެއްގައެވެ.
އެމަނިކުފާނު ވަނީ ފޮތް މައުރަޒަތް ޒިޔާރަތް ކުރައްވާ މައުރަޒުގެ ބައިވެރިވެލެއްވި ބޭފުޅުންނާ ބައްދަލު ކުރައްވައި ދިވެހި ލިޔުންތެރީން ކުރައްވާ މަސައްކަތްތައް ބައްލަވާލައްވާފައެވެ.
އަދި ލިޔުންތެރިންނަށް ހިތްވަރުވެސް އެމަނިކުުފާނު ދެއްވި ކަމަށް އެމްއެންޔޫ އިން ބުނެއެވެ.
ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ އިތުރަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު އަލީ ވެސް ރޭ އެމްއެންޔޫ ފޮތް މައުރަޒު ޒިޔާރަތް ކުރެއްވިއެވެ.
މިމައުރަޒު ކުރިއަށް ދާނީ މިމަހުގެ 17 އިން 21 ވަނަ ދުވަހާ ހަމައަށް ހެނދުނު 0900 ން 1200 އަށް، 1400 ން 1800 އަށް އަދި 2000 ން 2200 އަށް ޔުނިވަރސިޓީގެ މައިމަރުކަޒުގައެވެ.
ކޮންމެ ދުވަހެއްގެވެސް ހަވީރު ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.
މުޅިން ހިލޭ ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ މިފޮތް މައުރަޒުގައި ތަފާތު 9 ފަރާތަކުންނާއި އަދި ގައުމީ ޔުނިވަރސިޓީން 1300 އަށްވުރެ ގިނަ ފޮތް ވިއްކުމަށް ބަހައްޓާފައިވެއެވެ.
މި ފޮތް މައުރަޒަކީ ފޮތް އުފައްދާމީހުންނާއި ވިއްކާމީހުންނާއި ގަންނަމީހުންގެ ބާޒާރެކެވެ.
މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުސަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ