298 ތަނެއްގެ ބިޑް ކޮމިޓީތައް ސަސްޕެންޑް ކޮށްފި

އެކި ފަރާތްތަކާ ބިޑުތައް ހަވާލުކުރުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ ދައުލަތުގެ އިދާރާތަކާއި އޮފީސްތައް ހިމެނޭހެން އެތައް ތަނެއްގެ ބިޑް ކޮމިޓީތައް ސަސްޕެންޑްކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ބަޖެޓް ތަންފީޒު ކުރުމާ ގުޅޭ މުއާމަލާތްތައް އިލެކްޓްރޯނިކް ވިއުގައަކުން ގުޅުވައިލާން ގާއިމްކޮށްފައިވާ "ބަނޑޭރި ޕޯޓަލް"ގައި ރަޖިސްޓްރީ ނުކޮށް އޮތުމުގެ ސަބަބުން 298 އޮފީހެއްގެ ބިޑް ކޮމިޓީ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު ސާކިއުލާއެއްގައި ބުނެފައިވާ ގޮތުގައި އެ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ޕްރޮކިއުމަންޓްތަކަށް ހުއްދަ ދެވޭނީ އެ އޮފީހެއްގެ ބިޑް ކޮމިޓީ ބަނޑޭރި ޕޯޓަލްގައި ރަޖިސްޓްރީކޮށްފައިވާ ނަމައެވެ.
ސަސްޕެންޑު ކުރި ބިޑް ކޮމިޓީތަކުގެ ތެރޭގައި އައިޖީއެމްއެޗާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއެކު އަތޮޅުތަކުގެ ގިނަ އަދަދެއްގެ ސްކޫލުތަކާއި ހޮސްޕިޓަލްތަކާއި ކައުންސިލްތަކުގެ ބިޑް ކޮމިޓީތައް ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ