ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ދެ ވާރޑެއްގައި ފުރެޝް އެއަރ ސިސްޓަމް ހަރުކޮށް ނިންމާލައިފި

އުތުރުގެ މައި ހޮސްޕިޓަލް (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު)ގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ސަރުކާރުން ކުރަންމުންދާ މަސައްކަތުގެ ތެރެއިން މި ހޮސްޕިޓަލުގެ ދެ ވޯޑެއްގައި ފުރެޝް އެއަރ ސިސްޓަމް (މެޑިކަލް ގުރޭޑް އެއަރ ކޮންޑިޝަން) ހަރުކޮށް ނިންމާލައިފި އެވެ.
ފުރެޝް އެއަރ ސިސްޓަމް ނުވަތަ މެޑިކަލް ގުރޭޑް އެއަރ ކޮންޑިޝަން އަކީ އާދައިގެ އެއަރ ކޮންޑިޝަން އާއި ތަފާތުކޮށް އެތަނެއްގައި ހުންނަ ވައި ނެރެ ސާފު ވައި ވައްދާ ފިނިކޮށްދޭ ނިޒާމެކެވެ.
މި މަސައްކަތަކީ ގުރީން ސިސްޓަމްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި މަސައްކަތަށް ޖުމްލަ 1,314,587.13 (އެއް މިލިއަން ތިން ލައްކަ ސާދަ ހާސް ފަސްސަތޭކަ އަށްޑިހަ ހަތް ރުފިޔާ ތޭރަ ލާރި) ހަރަދުވެފާވެ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ދެ ވާރޑެއްގައި ފުރެޝް އެއަރ ސިސްޓަމް ހަރުކޮށް ނިންމާލައި--ފޮޓޯ:ކޭއާރުއެޗް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ދެ ވާރޑެއްގައި ފުރެޝް އެއަރ ސިސްޓަމް ހަރުކޮށް ނިންމާލައި--ފޮޓޯ:ކޭއާރުއެޗް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ދެ ވާރޑެއްގައި ފުރެޝް އެއަރ ސިސްޓަމް ހަރުކޮށް ނިންމާލައި--ފޮޓޯ:ކޭއާރުއެޗް
ކޮންމެ ދުވަހަކު އެތަށް ބައިވަރު ރައްޔިތުންނެއް ހިދުމަތް ހޯދަމުންދާ މި ހޮސްޕިޓަލުގެ ވޯޑު ތަކަކީ ހޫނު ގަދަ ތަނެކެވެ. އެހެންކަމުން ފުރެޝް އެއަރ ސިސްޓަމް ހަރުކުރެވިފައިވަނީ އީއާރު (އެމަރޖެންސީ ވާރޑް) އަދި ޖެނެރަލް ވާރޑްގަ އެވެ.
މެނޭޖަރ އަހްމަދު ދާއޫދު ވިދާޅުވި މި ހޮސްޕިޓަލުގެ އޮބްސްޓެޓްރިކްސް އަދި ގައިނީ ވާރޑް އަކީ ކުރިއަށް އޮތް ތަނުގައި އީ.އާރާއިއެއް ގޮތަށް ތަރައްގީ ކުރަން ނިންމާފައިވާ ވާރޑް ދެ ވޯޑްކަމުގަ އެވެ.
އިތުރަށް މެނޭޖަރ ވިދާޅުވި ގޮތުގައި މި މަސައްކަތް ވަރަށް ބޮޑަށް ލަސްވެގެން ދިޔައީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ދިމާވެގެން ކަމަށެވެ. ވާރޑްތަކުގައި އެނދު މަދުވުމުގެ ސަބަބުން މަސައްކަތް ކުރިއަށްގެންދިޔަ އިރުވެސް ވާރޑްތަށް ހުސްނުކުރެވޭ ކަމަށާއި ސީލިންގގެ މަރާމާތުތައް ވެސް ކުރުމަށް ބޭނުންވާ ކަމަށެވެ.
މި މަސައްކަތް ކުރިއަށް ދިޔައިރު ބަލިމީހުންނާއި ތަނުގެ މުވައްޒަފުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފަވާކަމަށާއި އެކަމަށް ޝުކުރު އަދާކުރާކަމުގައި އަހްމަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ