ވިކީ އަދި ބޫމީގެ ފިލްމަށް ބޮޑެތި ބަދަލުތަކެއް، ނަންވެސް ބަދަލު ކޮށްފި

ބޮލީވުޑް އެކްޓަރު ވިކީ ކައުޝާލް އަދި އެކްޓްރެސް ބޫމީ ޕޭދްނޭކަރް އެކީގައި ފެނިގެންދާ ފިލްމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފިލްމުގެ ޑައިރެކްޓަރު ނިންމައިފި އެވެ.
"މިސްޓަ ލޭލޭ" ގެ ނަމުން ނަން ދެވުނު މި ފިލްމުގެ ނަންވެސް ބަދަލު ކުރަން ޑައިރެކްޓަރު ޝަޝަންކް ހައިތަން ވަނީ ނިންމައިފަ އެވެ.
މިފިލްމުގެ ލީޑް ރޯލު ކުޅެން އެންމެ ފުރަތަމަ ހަމަޖެއްސީ އެކްޓަރު ވަރުން ދަވަން އެވެ. އެހެންނަމަވެސް ވަރުން އެ ރޯލު ނުކުޅެން ނިންމުމާއިއެކު ފަހުން އެފިލްމަށް ވަނީ ވިކީ ސޮއި ކޮށްފަ އެވެ.
ދާދި ފަހުން ބޫމީ އާއި ވިކީ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ގޭގައި އެކަހެރި ކުރެވިފަ އެވެ. މިދިޔަ ހަފްތާ ބަންދުގައި ދެމީހުންވެސް ކޮވިޑަށް ނެގެޓިވް ވުމާއިއެކު ޝޫޓިންތަކަށް އަނބުރާ ދެވޭނެކަން ވަނީ އިއުލާން ކޮށްފަ އެވެ.
ޝަޝަންކު ބުނި ގޮތުގައި "މިސްޓަ ލޭލޭ" ގެ ސްކްރިޕްޓަށް ގެނެވުނު ބޮޑެތި ބަދަލުތަކާއިއެކު މިއީ ކުރިން ހަދަން ނިންމި ފިލްމެއް ނޫނެވެ. މުޅިން އާ ކަންތައްތަކަކާއިއެކު ތަފާތު މޮޅު ފިލްމެއް ބެލުންތެރިންނަށް ފެނިގެންދާނެ ކަމަށް ޝަޝަންކު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ