ކުރީގެ ރައީސް އަދި އިދިކޮޅު މައި ލީޑަރު އަބްދުﷲ ޔާމީން ކޮވިޑް ވެކްސިން ޖައްސަވަން ދެކޮޅު ހައްދަވައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިރޭ މީޑިއާތަކަށް ބުނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވުމަށް ރައީސް ޔާމީން މިރޭ މާލެ ގެނައި ނަމަވެސް އެމަނިކުފާނު ކޮވިޑު ވެކްސިން ޖެއްސެވުމަށް ދެކޮޅު ހައްދަވާފައިވާތީ އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.
ރައީސް ޔާމީން ކޮވިޑް ވެކްސިން ޖައްސަވަން އިންކާރު ކުރެއްވީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފު ނުވާ ކަމަށްވެސް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.
ވެކްސިން ޖެއްސެވުމަށް ރައީސް ޔާމީން ގެންގޮސްފައިވަނީ އައިޖީއެމްއެޗަށެވެ.
ވެކްސިން ޖައްސަވަން ރައީސް ޔާމީން ދެކޮޅު ހައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ