ޕީއެންސީގެ ރައީސް ކަމަށް އަދުރޭ ކުރިމަތިލައިފި

ޕީއެންސީގެ ރައީސް ކަމަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ވަގުތީ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ކުރިމަތި ލައިފިއެވެ.
ޕިއެންސީގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ޕާޓީގެ އިންތިގާލީ ނައިބު ރައީސުންގެ ގޮތުގައި މިހާރު ތިއްބެވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. އެ ދެ ބޭފުޅުން ވެސް ވަނީ އަންނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފަ އެވެ.
އަދުރޭ ވިދާޅުވީ، އެ ޕާޓީގެ އިންތިހާބުގެ ކަންތައް ދަނީ ވަރަށް މިނިވަން ކަމާއެކު ކަމަށާއި އޭނާ އެކު ދެން ރައީސް ކަމަށް ވާދަކުރައްވާ ބޭފުޅަކު އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.
މި މަހު 6 ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގައި އަދުރޭއާ ވާދަކޮށް ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ގާނޫނީ ވަކީލް ސިރާޖެވެ. އަދުރޭ މިއަދު ވިދާޅުވީ ވޯޓު ނެގުމުގައި އޮޅުވާލުންތަކެއް އުޅޭ ކަމަށާއި، ފޮނަދޫ ދާއިރާވެސް އަލުން ރަނގަޅަށް ގުނި ނަމަ، ގޮނޑީގައި އިންނާނީ އޭނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ