މުޅި މައްސަލަ ބިނާ ވެގެންވަނީ އޭސީސީގެ ރައީސް މުއައްވިޒްގެ މައްޗަށް: ޔާމީން

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން ކުރާ ، މަނީ ލޯޑަރންގެ ކުށުގެ މައްސަލައިގެ އެންމެ މުހިންމު، ކޯ ހެކިވެރިއަކީ އޭސީސީގެ ރައީސް މުއައްވިޒް ރަޝީދު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މިއަދުގެ ޝަރިއަތުގެ މަޖިލީހަށް، ރައީސް ޔާމީނާ ދެކޮޅަށް ހުށަހަހެޅުއްވި ހެތްކެއްގެ ގޮތުން މުއައްވިސް ދައުލަތުން ހުށަހަޅުއްވައި ދައުލަތުގެ ފަރާތުން އޭނާއާ ސުވާލު ކުރެއްވުމުން، ދިފާއު ވުމަށް ރައީސް ޔާމީންގެ ވަކީލުންނަށް ދެއްވި ފުރުސަތުގައި 30 މިކނިޓްގެ ތެރޭގައި މުއައްވިޒްއާ ސުވާލުކޮށް ނިންމަންވާނެ ކަމަށް އިސްގާޒީ އަހްމަދު ހައިލަމް ވިދާޅުވުމުން، އެކަމަށް އިތުރު ވަގުތު ދެއްވުމަށް އެދިވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މުޅި މައްސަލަ ބިނާ ވެގެންވަނީ މުއައްވިޒްގެ މައްޗަށް ކަމަށެވެ.
އެހެންކަމުން، އޭނާއާ ސުވާލުކުރަން ބޭނުންވާ ވަރަކަށް ސުވާލު ކުރުމުގެ ފުރުސަތު ދެއްވުމަށް އެދި ވަޑައިގަންނަވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީިން ވިދާޅުވީ، މުއައްވިޒްގެ އިތުރުން ދެން ހުންނެވި ހެތްކަކީ، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ކަމަށާއި، އޭނާ ވީތަނެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ލުތުފީ ޝަރީއަތުގެ މަޖިލީހަށް ހާޒިރު ކުރެވޭނެކަން އެނގިވަޑައިނުގަންނަވާކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
"މީ އަޅުގަނޑަށް ގަނބޫލު ކުރެވޭގޮތުން ވެއްޖެއްޔާ އެންމެ ކޯ ހެކިވެރިއަކީ، ދެން ހުންނެވި އަނެއްބޭފުޅަކީ ލުތުފީ، ވީތަންވެސް ނޭނގެ، ޝަރީއަތުގެ މަޖިލީހަށް ހާޒިރު ކުރެވޭނެ ކަމެއްވެސްނޭގެ، އެހެންވީމާ މި ހެކިވެރިޔާއަށް އަޅުގަނޑުމެންނަށް އެކަޑށީގެންވާ ވަގުތު ދެއްވުމަކީ ވަރަށް އެދޭކަމެއް،" ރައީސް ޔާމީިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ