“ކޮބާ ނުވިއެއްނު” މި ނަމުގައި އިދިކޮޅުން ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވެއްޖެ

"ކޮބާ ނުވިއެއްނު" މި ނަމުގައި އިދިކޮޅު ކޯލިޝަނުން ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވެއްޖެއެވެ. އޮގަސްޓު މަހުގައި ބާއްވާ ބޮޑު އެއްވުމަށް މިހާރުއްސުރެ ކޯލިޝަނުން ވަނީ ތައްޔާރުވާން ފަށާފައެވެ.
އިދިކޮޅު ފަރާތްތަކުން ޓުވިޓާގައި ބޮޑު ޖަލްސާގެ ނަން ބޭނުން ކޮށްގެން ޕްރޮމޯޓް ކުރަމުން ދާއިރު އެ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުގެ ރޭ 20:30ގައި އަލިމަސް ކާނިވަލުގައެވެ.
އިދިކޮޅުން ބާއްވާ އެއްވުން ތަކުގައި މީހުން އިތުރުކަން ދެއްކުމަށް ފޮޓޯތަށް އެޑިޓްކުރާކަން ގިނަ ފަރާތްތަކަކަކުން މީސްމީޑިޔާގައި ދަނީ ފާހަގަ ކުރަމުންނެވެ. އަދި ގިނަ ފަރާތްތަކަކުން ދަނީ އެކަމަށް ފާޑު ވެސް ކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ