ހުޅުމާލޭގައި ހަދާ 56 މިލިޔަން ރުފިޔާގެ ޓާމިނަލް ޕްރޮޖެކްޓް ހެވީ ފޯސްއާ ހަވާލުކޮށްފި

ހުޅުމާލޭގައި ހަދާ 56 މިލިޔަން ރުފިޔާގެ ޓާމިނަލްގެ މަސައްކަތް ހެވީ ފޯސް އާ ހަވާލުކޮށްފި އެވެ. ހުޅުމާލޭ ޓާމިނަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ މަސައްކަތް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރީ އިއްޔެ އެވެ.
ޕޯޓްސް ލިމިޓެޑްގެ ޗީފް އެގްޒެކްވިޓް އޮފިސާ ހުސައިން ހިލްމީ ވިދާޅުވީ، މި ޕްރޮޖެކްޓަކީ 56 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް ހެވީ ފޯސްއާ ހަވާލު ކުރީ 11 މަސްދުވަހުގެ ތެރޭގައި ނިންމަން ކަމަށެވެ. އަދި ވިދާޅުވީ މި މަސައްކަތް ނިމޭއިރު ހުޅުމާލޭގެ ބަނދަރު ވެސް ބޮޑުވެގެން އަންނާނެ ކަމަށާއި އޭރުން އިންޓަނޭޝަނަލް ބޯޓު ފަހަރަށާއި، ރާއްޖޭގެ ބޯޓް ފަހަރު ހުޅުމާލެ ޓާމިލް އަށް ކައިރިކުރެވޭނެ ކަމަށެވެ.
މި ޕްރޮޖެކްޓް އެގްރިމެންޓްގައި ގައި ޕޯޓްސް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކްވިޓް އޮފިސަރު ހުސެއިން ހިލްމީ އެވެ. ހެވީ ފޯސްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޒަމީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ