27 ފުލެޓަށް 400 މީހުން އެދުނު

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ލ. ފޮނަދޫގައި އިމާރާތްކޮށްފައިވާ 27 ގެއަށް އެދި 400 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާއިރު އެ 27 ގެ ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި އެވެ.
Advertisement
ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ލ. ފޮނަދޫގައި އިމާރާތްކޮށްފައިވާ 27 ގެއަށް އެދި 400 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާއިރު އެ 27 ގެ ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި އެވެ.
އެރަށު ކައުންސިލުގެ ރައީސް އަހުމަދު ރިޔާޒު ސީއެންއެމްއަށް ވިދާޅުވީ ލ. އަތޮޅުގެ ރައްޔިތުންނަށް ދޭން ހާއްސަ ކުރި 27 ގެ ލިބުނު މީހުންގެ ދާއިމީ ލިސްޓު މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާއިރު އެގެތަކަށް ބޮޑު ތަރުހީބެއް ލިބުން ކަމަށެވެ. އެގޮތުން 400 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ގެތަށް ލިބުނު މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް އެއަށް ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތުގައި ޝަކުވާ ލިބިފައިވާ ކަމަށާއި ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ ޝަކުވާތަކަށް ބެލުމަށް ފަހު ޝަކުވާ ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބުދާރީވުމަށް ފަހު ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
ދާއިމީ ލިސްޓުގައި ޕޮއިންޓުގެ ގޮތުން އެއްވަރުވެފައިވާ ފަރާތްތަކުގެ މެދުގައި ގުރުނެގުމަށް ފަހު ގެތަށް ލިބޭ މީހުން ފަހުން އާންމުކުރަން ނިންމާފައިވާއިރު ގުރު ނެގުން އޮތީ މިރޭ 8:30 ގައި ލ. އަތޮޅު ކައުންސިލް އިދާރާގަ އެވެ.
ދިގު މުއްދަތަށް ހަލާސްކުރާ ގޮތަށް 3000 އަކަފޫޓުގެ ބިމުގައި އަޅާފައި ހުރި އެގެތަކުގައި ތިން ކޮޓަރިއާއި ސިޓީންރޫމު އަދި ފާހަނަ ހިމެނޭ އިރު ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހެނީ 19000 ރުފިޔާ އެވެ. 20 އަހަރު ދުވަހަށް ބަހާލައިގެން މަހަކު 2500 ރުފިޔާ ދައްކަން ޖެހެ އެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެރަށުގައި އެޅި 50 ގޭގެ ތެރެއިން ބާކި ހުރި 23 ގެއަކީ ގާދޫ އިން ފޮނަދޫ އަށް ބަދަލުވި މީހުންނަށް އަޅާފައިވާ ގެތަކެވެ. އެ ގެތަށް ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ