ކޮރޯނާ ވައިރަސްއިން ސަލާމަތްވާން ޑަބްލިޔޫއެޗްއޯ އިން ބުނާ ދޮވުމަށްވުރެ ވުޟޫ މާ ކާމިޔާބު!

ކޮރޯނާ ވައިރަސްއިން ސަލާމްތަވުމުގެ ގޮތުން އަތްފައި ދޮވެ ކަންކަން ކުރަން ޑަބްލިޔޫއެޗްއޯއިން ބުނެދޭ ގޮތްގޮތަށްވުރެ ވުޟޫކުރަން އޮންނަ ގޮތަށް ވުޟޫކުރުމުގެ ފައިދާ މާބޮޑުކަން އަންނަނީ ތަޖުރިބާ ކުރެވެމުންނެވެ. 
ދުވާލަކު މަދުވެގެން 5 އިރު ވުޟޫކުރަން އޮންނަ ގޮތަށް ވުޟޫކުރައްވާށެވެ! އެއިގެ އިތުރު ޟުޙާ ނަމާދާއި ދަމުނަމާދަށްވެސް ވުޟޫ ކުރައްވާށެވެ! އަދި ވަގުވީވަރަކުން ގިނަގިނައިން ވުޟޫކުރާށެވެ! ވުޟޫކުރާއިރު ނޭފަތުގެ އެތެރެއިން ފެންދެމުމާއި ބޮލުގައި ރަނގަޅަށް ފެންޖައްސައިގެން ފެންލުމާއި ކަންފަތް ދޮވުމާއި މިހެން ގޮސް ފުރިހަމަގޮތުގައި ވުޟޫ ކުރާށެވެ! 
މިވާހަކަތައް މިގޮތަށް ދައްކަން ޑަބްލިޔޫއެޗްއޯ ލަދުގަންނާނެއެވެ. ނަމަވެސް ޙަޤީޤަތަކީ މިއީކަން ޑަބްލިޔޫއެޗްއޯގެ ތަޖުރިބާކާރުންނަށްވެސް އެނގޭނެއެވެ. 
ކޮރޯނާ ވައިރަސް ފެތުރެމުން އަންނަ ގޮތަށް ބަލާއިރު ބަލިޖެހޭ މީހުންނާއި ވަރަށް ގާތުގައި އުޅޭ ބައެއް މީހުންނަކަށް ނުޖެހެއެވެ. އަނެއްބައަކަށް ކިރިޔާ އުފެދޭ ކޮންޓެކްޓެއްގެ ތެރެއިން ވެސް އެބަ ބަލިޖެހެއެވެ. ސައިންސްވެރިންނަށް މޮޅު ވާހަކަ ދެއްކިދާނެއެވެ. ނަމަވެސް މިކަންކަން މިގޮތަށް މެދުވެރިވާ ސަބަބެއް ނުއެނގޭނެއެވެ. ނުވެސް ހޯދޭނެއެވެ. ތެދަށްބުނާނަމަ ބުނަން ޖެހޭނީ ހަމަ އެއް ވާހަކައެކެވެ. ބަލި ޖެހެނީވެސް، ބަލިބޮޑުވަނީވެސް ބަލީގައި މަރުވަނީވެސް ހަމަ ﷲ ތަޢާލާ އިރާދަކުރެއްވެވުމުން ކަމަށެވެ. 
މީސްތަކުންނޭވެ! ތައުބާވެ ނަމާދުކުރުން ގިނަކުރަންވީ ކޮރޯނާވައިރަސްއަށް ބިރަކުން ނޫނެވެ. ކޮރޯނާ ވައިރަސް ފޮނުއްވެވި ﷲ ތަޢާލާއަށް ބިރުންނެވެ. ވީމާ ޢަމަލުތައް ސީދާކުރާށެވެ. ކޮރޯނާ ވައިރަސް އިން ވެސް އެހެން މުޞިބާތްތަކުންވެސް ސަލާމަތްވެވޭނެއެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ