ސިފައިންނަކީ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ ބައެއްކަން ރައްޔިތުން ހިއްސާ ކުރާ އިހްސާސްތަކުން އެބަ އިނގޭ: މިނިސްޓަރ މާރިޔާ

ފޮޓޯ: މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސްސިފައިންނަކީ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ ބައެއްކަން ރައްޔިތުން ސިފައިންނާއި މެދު ހިއްސާކުރާ އިޙްސާސްތަކުން އެބަ އެނގޭކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. ޑިފެންސް މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ސިފައިންނަކީ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިގެންވާ ބަޔަކަށް ހައްދަވާނެކަމަށް ވިދާޅުވިކަމަށެވެ. އަދި މިއަދު އެމްއެންޑީއެފް އާއި ގުޅޭގޮތުން ރައްޔިތުން ޙިއްސާކުރާ އިޙްސާސްތަކުން ރައީސްގެ ވަޢުދު ފުދިއްޖެ ކަމަށް ޤަބޫލުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 
ޑިފެންސް މިނިސްޓަރު މާރިޔާގެ ޓުވީޓުގައި ކޮވިޑް-19 ގައި ސިފައިންގެ ދައުރު ހާމަކުރައްވައި ސިފައިން ތައްޔާރުކުރެއްވި ކޮވިޑް-19 އޮޕްރޭޝަންގައި 'ދިވެހި ސިފައިން' މި ވީޑިއޯ ހިއްސާކުރައްވާފައިވެއެވެ. މި ވީޑިއޯގައި ކޮވިޑް-19 ގެ ނުރައްކާތެރި ރޯގާއިން ދިވެހި ޤައުމު ސަލާމަތްކުރުމަށްޓަކައި ދިވެހި ސިފައިންކުރައްވަމުންގެންދަވާ މަސައްކަތްތައް ވަރަށް ތަފްސީލުކޮށް ސިފައިން ވަނީ ކިޔާދެއްވާފައެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ހިންގާ ކޮވިޑް-19 އޮޕްރޭޝަންގައި ދިވެހި ސިފައިންގެ ވެރިޔާ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ދެއްވާ އިރުޝާދުތަކާއި ލަފާ ފާހަގަކުރައްވާފައިިވެއެވެ. އަދި ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީ ސިފައިންގެ މަސައްކަތް ގާތުން ބައްލަވައި ދެއްވާ ހިތްވަރަށް ޝުކުރުކުރައްވާ އެކަން ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ތާރީޙްގައި އެންމެ ގިނަ އަދަދެއްގެ އެޖެންސީތަކެއް ގުޅިގެން ކުރިޔަށް ގެންދާ ކޮވިޑް-19 ގެ އޮޕަރޭޝަން ޕްލޭން ކުރުމުގައި އަދި ކަންކަން ރާވައި ހިންގުމުގައި ދިވެހި އަސްކަރިއްޔާއިން ކަމައް ޤާބިލް އެތައް ސިފައިންނެށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދަނީ މަސައްކަތް ކުރަމުންކަމަށާއި ސިފައިންގެ އެންމެ މަތީވެރިޔާއިން ފެށިގެން ސިފައިންގެ އެންމެ އާދައިގެ މީހާވެސް މި އޮޕްރޭޝަންގައި ބައިވެރިވާކަން ސިފައން ވަނީ ފާހަގަކޮށްފައެވެ. އަދި މި ހާލަތުގައި ބަލި ޖެހިފައިވަ މީހުންނާއި ކަރަންޓީނު މަރުކަޒުތައް މެނޭޖްކުރުމާއި އެ މަރުކަޒުތަކަށް މީހުން ގެންދިުއމުގެ  ޒިންމާ ދިވެހި އަސްކަރިއްޔާއިން ދަނީ އުފުލަމުންނެވެ. މި ވީޑިއޯގައި އެކި އެކި ކަރަންޓީނު ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ކޮމާންޑަރުކަން ކުރައްވާ ސިފައިންގެ ބޭފުޅުން ވަނީ އެތަންތަން މެނޭޖްކުރާގޮތާއި އިސްކަންދެއްވާ ކަންތައްތައް ކިޔައިދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ