ބަނގުރަލާ އެކު އަންހެން ފުލުހަކު ހައްޔަރުކޮށްފި
މިދިޔަ މަސް ތެރޭ ފުލުހުން ހިންގި ޑްރަގު އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ފުލުސް އޮފިސަރަކު ވަޒީފާއިން ސަސްޕެންޑްކޮށްފި އެވެ.ނަމަވެސް ތަހުގީގު ބޭނުމަށް އެ މީހުންގެ ބަންދު އިތުރު ކުރުމާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުގެ ބަދަލުގައި ފުލުހުންނަށް ލިބިގެންވާ ބާރުގެ ދަށުން ވަނީ ދޫކޮށްލައިފަ އެވެ.ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ފުލުހުންގެ ކޮންސްޓެބަލް އާމިނަތު މާޔާ ހުސެއިން ބަޝީރު ކަމަށެވެ.އެހެންވެ، އެ މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑުކޮށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން މައްސަލަ ބެލުމަށް ފަހު، ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ފުލުހުންގެ ވަޒީފާ އިން ވަކިކުރުމަށް ލަފާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ."ޕްރޮފެޝަނަލް ސްޓެންޑާޑްސް އިން މައްސަލަ ބެލުމަށް ފަހު، ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ވަނީ ލަފާ ދީފައި،" އޮފިޝަލް އިތުރަށް ވިދާޅުވި އެވެ.އެ ލަފައާ އެގޮތަށް މާޔާ ވަކި ކުރި ކަމެއް އަދި ކަށަވަރެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ