ހުޅުމާލޭގެ ހިޔާ އައި ވިނަރެސް ހައުސިން މަޝްރޫޢުއާ ގުޅޭ މަސައްކަތްތަކަށް އާންމުން ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކަށް ލުއި ދޭން ނިންމަައިފި އެވެ.
މިކަން މިިއަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިންގމަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވުމާއެކު، މި ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ގައުމީ ބޭންކާ މަޝްވަރާ ކުއްވާފައިވާ ކަމަށެވެ.
އެގޮތުން ލޯނިތަކުގެ އިންޓްރެކްސް ރޭޓުތައް ލުއިކޮށް ދޭން އެދުމުން އެކަން ވާނެކަން ބީއެމްއެލް އިން ބުނެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން ހިޔާ ފްލެޓްތަކުގެ ފިނިޝިން ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް އިންޓަރެސްޓް) ރޭޓް 12-10 ޕަސެންޓަށް ކުޑަ ކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހަދައި ދޭން އެދިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަދި ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް އިންޓަރެސްޓް) ރޭޓް 9-8 ޕަސެންޓަށް އަށް ކުޑަ ކުރުން، އެއީ ކުރެވިދާނެ ކަމެއް ކަމަށް ބީއެމްއެލް އިން މަޢުލޫމާތު ލިބިފައިވާތީ، އުސޫލުގެ ތެރެއިން މި ބަދަލު ގެނެސް ދިނުމަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ހިޔާ/ވިނަރެސްގެ ލޯނު އިސްޓަރެސްޓަށް ލުއިތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ