ރަސްމާލޭގެ ޓްރާންސްޕޯޓް ނިޒާމްގެ މާސްޓާ ޕްލޭނެއް ހަދަން ކޮންސަލްޓަންޓަކު ހޯދަނީ
ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ހަދާ ސޓީ ކަމަށްވާ ރަސްމާލޭގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް މާސްޓާ ޕްލޭނެއް ހަދަން ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެ މަޝްރޫއުގެ 'ދަތުރުފަތުރުގެ މާސްޓާ ޕްލޭންގެ "ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީ" ހެދުމުގެ ފަންނީ ލަފާދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. ފިނޭންސް މިނިސްޓްރީގެ އިއުލާންގައި ބުނީ، އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަންވާނީ، އެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް)ގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި އޭގައިވާ އެންމެހައި މައުލޫމާތު ހިމަނައިގެން ކަމަށެވެ.ޓީއޯއާރް މަދަމާއިން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ވެސް ބުންޏެވެ.އެކަމަށް ކޮންސަލްޓެންސީ ދޭން ޝައުގުވެރިވާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުންތަކާއެކު ޝައުގުވެރިކަން ފާޅުކުރާކަމުގެ ލިޔުން މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހަޅަން ޖެހޭނެ އެވެ.ޝައުގުވެރިކަންފާޅުކުރާއިރު، އެ ކުންފުންޏަކުން ކުރިން ކޮށްފައިވާ އެފަދަ މަސައްކަތްތަކުގެ ތަފްސީލާއި މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އެނގޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ."ރަސްމާލެ" ގެ ނަމުގައި އެތަން ތަރައްގީ ކުރަނީ މޫސުމީ ބަދަލުތަކުން ރައްކާތެރިކަން ލިބޭ ގޮތަށް އަރިމައްޗަށް ދެ މީޓަރު އަދި މެދަށް 3 މީޓަރު އުސްކޮށްކަމަށާއި އެއީ ޒީރޯ ކާބަން ސަހަރަކަށް ހައްދަވާނޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ