ރާއްޖޭގައި ފުޅާދާއިރާއެއްގައި ލޮލުގެ ފަރުވާގެ ހިދުމަތް ދެމުން އަންނަ އައިކެއަރ އޮޕްޓިކަލްގެ 23 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން، އައިކެއަރގެ ހުރިހާ އައުޓްލެޓްތަކުން ވިއްކާ ހުރިހާ ބްރޭންޑެއްގެ އައިނު ފްރޭމްތަކާއި އަވިއައިނުން 23 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 23 މެއި 2026 އިން ފެށިގެން 06 ޖޫން 2026 ގެ ނިޔަލަށެވެ.
މި މުނާސަބަތާ ގުޅިގެން އައިކެއަރގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަބްދުﷲ ޒާހިރު ވިދާޅުވީ، މީގެ 23 އަހަރު ކުރިން އައިކެއަރ އުފެއްދީ މުޅި ރާއްޖޭގައި ފެންވަރު ރަނގަޅު ލޮލުގެ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ތަސައްވުރާއެކު ކަމަށެވެ. އަދި މިއަދު މިދެކޭ ކާމިޔާބީގެ އަސްލަކީ އައިކެއަރގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތާއި، އައިކެއަރގެ ހިދުމަތްތަކަށް ކަސްޓަމަރުންނާއި ޕާޓްނަރުން ކުރާ އިތުބާރުކަން ފާހަގަކުރައްވައި، އެ ފަރާތްތަކަށް ޑރ. ޒާހިރު ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ވޭތުވެދިޔަ 23 އަހަރުގެ ތެރޭގައި އައިކެއަރ އިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހިދުމަތް ފުޅާކޮށް، ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ އާންމުންނާ ގާތަށް ފޯރުކޮށްދީފައެވެ.
އައިކެއަރގެ ހުރިހާ އައުޓްލެޓްތަކެއްގައި މިހާރު ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އައިނުތައް ހެޔޮ އަގުގައި ލިބިގެންދާނެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު އައިކެއަރގެ ރަސްމީ ވެބްސައިޓް www.eyecare.mv އިން ލިބޭނެއެވެ.
އައިކެއަރ އަށް 23 އަހަރު: ހުރިހާ ފްރޭމް އަދި އަވިއައިނުން 23 އިންސައްތަ ޑިސްކައުންޓް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ