އާ ފީޗާތަކަކާއެކު ދިރާގުޕޭގެ އައު ފްލެޓްފޯމެއް ލޯންޗުކޮށްފި
ދިރާގުގެ ސަބްސިޑިއަރީ ކުންފުނި، ދިރާގު ފިންޓެކްގެ އީ ވޮލެޓް "ދިރާގުޕޭ"ގެ އައު ޕްލެޓްފޯމް މުޅިން އައު ފީޗާސްތަކަކާ އެކު ލޯންޗްކޮށްފި އެވެ.މި ޕްލެޓްފޯމް ލޯންޗު ކުރުމަށް ބޭއްވި ޚާއްސަ ހަފުލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ.މި ހަފުލާގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ވަނީ، ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ، ބޭނުންވެފައިވާ އެހީތެެރިކަން ފޯރުކޮށްދޭން އެންމެ އެކަށީގެންވާ ފަރާތަކީ ދިރާގު ކަމަށް ވިދާޅުވެފައެވެ.އަދި ދެ ފަރާތް އެއްކޮށް މަސައްކަތް ކޮށްގެން ޓެކްނޮލޮޖީއާއި އިނޮވޭޝަންގެ ޒަރިއްޔާއިން ރާއްޖެއަށް އަންނަ އިންވެސްޓްމެންޓުތައް އިތުރުކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަދި ދިރާގު ފިންޓެކްގެ ޗެއާމަން އިސްމާއިލް ރަޝީދު ވިދާޅުވީ ކުރިން ހަމައެކަނި އީ-ވޮލެޓެއްގެ ގޮތުގައި ބޭނުންކުރާ ދިރާގު ޕޭގެ ޕްލެޓްފޯމް މިހާރު ވަނީ ސޮފިސްޓިކޭޓެޑް ޕޭމަންޓް ސިސްޓަމަކަށް އަޕްގްރޭޑްވެފައި ކަމަށެވެ.ދިރާގުގެ ނެޓްވޯކަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ނެޓްވޯކް ކަމަށާއި އެހެންވެ، ދިރާގުގެ ދެން އޮތް އަމާޒަކީ ކަސްޓަމަރުންނާއި ވިޔަފާރިތަކާއި މުޖުތަމައުއަށް، އިތުރު ޑިޖިޓަލް ހިދުމަތްތައް ތައާރަފްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ބަދަލުތަކާއެކު ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ތަނަވަސްވެ، ގައުމު އިތުރަށް ކުރިއަރާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ.ދިރާގު ޕޭއަށް އަލަށް ގެނައި ބަދަލުތަކަކީ ދިރާގުން ބޭނުންވާ މިސްރާބަށް ދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސީއީއޯ ވިދާޅުވި އެވެ.ދިރާގުޕޭ އަށް ގެނެސްފައިވާ ބަދަލުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ދިރާގު ފިންޓެކްގެ އެމްޑީ ފަޒްލީނާ ފާކިރު ވިދާޅުވީ ދިރާގުޕޭ އަށް ގެނައި އަޕްގްރޭޑަކީ ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރަމުންދާ ގޮތަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ކަމެއް ކަމަށެވެ.އަދި ދިރާގުޕޭ އަކީ ކަސްޓަމަރުންނަށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ވެސް ބޭނުން ކުރެވޭނެ ޕްލެޓްފޯމެއްކަމަށް އޭނާ ވިދާޅުވި އެވެ. ދިރާގުޕޭގެ ތަސައްވުރަކީ ފިންޓެކް ސޮލިއުޝަންތައް އެއްވެސް ބަޔަކު ބާކީ ނުކޮށް، ހުރިހާ ފަރާތްތަކަށް ވެސް ފޯރުކޮށްދިނުންކަމަށް ވިދާޅުވި އެވެ.އަޕްގްރޭޑް ކޮށްފައިވާ ދިރާގުޕޭގެ އައު ޕްލެޓްފޯމުން މިހާރު ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ، ބިލަށް ފައިސާދެއްކުން ހިމެނެ އެވެ. އަދި، ކުރީގެ ޕްލެޓްފޯމް ބޭނުން ކުރަމުން ދިޔަ ފަރާތްތަކުގެ އެކައުންޓްގައި ބާކީ ހުރި ފައިސާ، ރައްކާތެރިކަމާއެކު އާ ޕްލެޓްފޯމަށް މައިގްރޭޓް ކުރެވިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ