ބީއެމްއެލްގެ 40 ވަނަ ބްރާންޗް ދުވާފަރުގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރ. ދުވާފަރުގައި އެ ބޭންކުގެ 40 ވަނަ ބްރާންޗު މިއަދު ހުޅުވައި އެ ބޭންކުގެ ހިދުމަތް އިތުރަށް ފުޅާކޮށްފި އެވެ.މިއަދު ދުވާފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ބްރާންޗް ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބު އަދި ޑެޕިއުޓީ ސީއީއޯ އެންޑް ޗީފް އޮޕަރޭޓިންގ އޮފިސަރު ސަހާ ވަޙީދު ބައިވެރިވެވަޑައިގެންނެވި އެވެ.ދުވާފަރުގައި މިއަދު ހުޅުވުގެން ދިޔައީ ބޭންކުގެ 40 ވަނަ ބްރާންޗެވެ.ބީއެމްއެލް އިން ބުނީ ދުވާފަރުގައި ހުޅުވި އައު ބްރާންޗުން "އިސްލާމިކް ފައިނޭންސް ފަސްޓް" ޕޮލިސީގެ ދަށުން ދެމުންދާނީ އިސްލާމިކް ބޭންކިން ޚިދުމަތްތަކަށް އިސްކަންދީގެން ކަމަށެވެ.ގައުމީ ބޭންކުގެ ހައިސިއްޔަތުން، މާލީ ބައިވެރިވުން އިތުރުކުރުމަށް ހާއްސަ އަހުމިއްޔަތުކަމެއް ދީގެން ކޮންމެ ރަށަކުން ވެސް ބޭންކިން ހިދުމަތް ލިބޭނެ ގޮތަށް ބީއެމްއެލް އިން އަންނަނީ ހިދުމަތްތައް ފުޅާކުރަމުންނެވެ."ބޭންކުގެ ހިދުމަތް ލިބޭ ތަންތަން އިތުރުކުރުމާ އެކު، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކަށް އަމާޒުކޮށްގެން ޑިޖިޓަލް ޗެނަލްތަކާއި ޕާޓްނަޝިޕްތައް އިތުރަށް ކުރިއެރުވުމަށް ބޭންކުން މަސައްކަތްކުރަމުން ދާނެ އެވެ،" ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.ބީއެމްއެލްގެ ނެޓްވޯކްހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް 40 ބްރާންޗު 133 ސެލްފް ސާވިސް ބޭންކިން ސެންޓަރު 188 އޭޓީއެމް ފުޅާ ދާއިރާއެއްގައި އޭޖެންޓް ބޭންކިން ހިދުމަތްޒަމާނީ ޑިޖިޓަލް ބޭންކިން ހިދުމަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ