އައްޑޫ މަސްކަނޑުން އެންމެ އިންޗިއެއްވެސް ގެއްލުމަކީ ރައްޔިތުން އެދޭނެކަމެއް ނޫން

އައްޑޫ މަސްކަނޑުން އެންމެ އިންޗިއެއްވެސް ގެއްލުމަކީ އައްޑޫގެ ރައްޔިތުން އެދޭނެކަމެއް ނޫން ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ ނަމަށް ބެލިކަމުގައިވީނަމަވެސް ފޯޅަވައްސަކީ އައްޑުއަތޮޅާއި ގުޅުންއޮތްތަނެއްކަން އެނގޭ ކަމަށެވެ.
"އައްޑޫސިޓީގެ މަސްކަނޑުން އެންމެ އިންޗިއެއް ވެސް ގެއްލިގެން ދިއުމަކީ އައްޑޫގެ ރައްޔިތުން އެދޭނެކަމެއް ނޫން." މެމްބަރު އަހުމަދު ރަޝީދު ވިދާޅުވިއެވެ.
މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ މިމައްސަލައަކީ މުޅި ރާއްޖެއާ ގުޅުންއޮތް މައްސަލައެއް ކަމަށާއި ހާއްސަކޮށް އައްޑުގެ މަސްވެރިންނާ ވަރަށް ބޮޑަަށް ގުޅިފައިވާ މައްސަލައެއް ކަމަށެވެ.
މިފަދަ މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހާ މަޝްވަރާ ކުރުމެއްނެތި އަދި ރައްޔިތުންނަށް އެކަށީގެންވާ މައުލޫމާތު ދިނުމެއްނެތި މިފަދަ ނިންމުމެއް ނިންމީތީ ހިތާމަކުރާ ކަމަށްވެސް މެމްބަރު އަހުމަދު ރަޝީދު ވިދާޅުވިއެވެ. އަދި ރާއްޖެއަށް ކިތަންމެ ކުޑަ ގައުމެއް ނަމަވެސް ރާއްޖޭގެ ސަރަހައްދުން އެންމެ އިންޗިއެއްވެސް ދޫކުރުމަށް ދިވެހިން ނޭދޭނެ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ