ދިވެހި ފުލުހުންގެ ނިކްކުރީ ހިންދޫއިންގެ ތިކާލީ ޖަހައިފި

އިންޑިއާއިން ތަމްރީނުތައް ފުރިހަމަކުރި ދިވެހި ފުލުހުންގެ ކިތްކުރީ ހިންދޫ ދީނުގެ އިއުތިޣާދާއި ގުޅިފައިވާ ތިކާލާ ތިކި ޖަހައިފި އެވެ. 
އިންޑިއާއަށް ތަމްރީނެއް ފުރިހަމަކުރަން ގޮސް ތިބި ފުލުހުންގެ ޓްރެއިނިން އިންސްޓްރަކްޓަރުން ނިތްކުރީގައި މިތިކި ޖަހައިގެން ތިބި ފޮޓޯތައް އާންމުވެފައިވެއެވެ.
މި ފުލުސް އިންސްޓްރަކްޓަރުންނަކީ އިންޑިއާއިން އައްޑޫގައި އެޅި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓެގައި މަސައްކަތްކުރާ ފުލުހުންނެވެ.
Advertisement
މި ފުލުހުން އިންޑިއާއަށް ގޮސްފައިވަނީ އެ ޤައުމުގެ ރަޝްތުރިޔާ ރަކްޝާ ޔުނިވާސިޓީގައި ތަމްރީނު ޕްރޮގުރާމެއް ފުރިހަމަކުރުމަށެވެ. މި ދަތުރުގައި ޖުމްލަ 15 ފުލުހުން ބައިވެރިވާކަމަށް އެ ކޮލެޖުން ބުނެފައިވެއެވެ.
ތިލާކާ ތިއްކަކީ ހިންދޫ ފިރިހެނުންނާއި އަންހެނުން ޚާއްޞަ މުނާސަބަތުތަކާ ދިމާކޮށް އެމީހުންގެ ނިތްކުރީގައި ޖަހާ ރަތްކުލައިގެ ތިއްކެކެވެ. ތިކާލާ ތިއްކަކީ ހިންދޫ ދީނުގެ ރަމްޒެކެވެ.
އެމީހުން ގަބޫލުކުރާ ގޮތުގައި ނިތްކުރީގައި ދެ ބުމަ ދޭތެރޭގައި ޖަހާ އެ ތިއްކަކީ ޚާއްސަ ޗަކްރާއެއް ނުވަތަ ބާރެއް އެކުލެވޭ އެއްޗެކެވެ. އަދި ކިތްކުރީގައި އެ ތިކި ޖެހުމަކީ ހިންދޫއިންގެ އަޅުކަމެއްގެ ގޮތުގައި އެމީހުން ކުރަމުން އަންނަ ކަމެކެވެ. 
ދައުރުވަމުންދާ ފޮޓޯތަކާއި ގުޅޭގޮތުން ނޫސްވެރިއަކު ވަނީ ފުލުހުންނާއި ސުވާލުވެސް ކޮށްފައެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭގޮތުން މިހާތަނަށް ފުލުހުންގެ ފަރާތުން ޖަވާބެއް ދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ