އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދި ބަޔަކު ހޯދަނީ

އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ދެ މީހަކު ދެނެގަތުމަށް ފުލުހުންގެ އިދާރާއިން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
ފުލުހުން ހޯދަން ބޭނުންވާ ދެ މީހުންގެ ވީޑިއޯ ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.
ފުލުހުން ބުނީ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ އެޗްޑީސީގެ ނަމުގައި އެކި މީހުންނަށް ގުޅައިގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށެވެ.
މި ދެ މީހުން ހޯދަނީ ފުލުހުންގެ އިކޮނޮމިކް ކްރައިިމް ޑިޕާޓްމަންޓުން ކުރިއަށް ގެންދާ ތަހުގީގަށެވެ.
ފުލުހުން ބުނީ މި ދެ މީހުން ހޯދަން ބޭނުންވި ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އެއީ ކޮން ބައެއް ކަމަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.
މި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތެއް ފުލުހުންނާ ހިއްސާކުރުމަށްވެސް އެ އިދާރާ އިން އެދިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ