ރިޔާސީ ލޯބްޗްކޮޅަށް ދިން ހަމަލާއަކީ ބަޢާވާތެއް ގެނައުމަށް ދިން ހަމަލާއެއްގެ ގޮތުގައި ބެލެވޭ މިންވަރަށް ހެއްކެއް ނެތް: ދުންޔާ

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގެ ތެރޭގައި ގޮއްވާލި ބޮމުގެ ހަމަލާއަކީ ބަގާވާތެއް ހިންގުމަށް ދިން ހަމަލާއެއް ކަމަށް ނުވަތަ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ބެލޭނެ މިންވަރަށް މިހާތަނަށް ހެކި ލިބިފައި ނުވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ލޯންޗްގައި ގޮވުމެއް ގޮވި ހާދިސާގައި ބޭރު ބައެއްގެ ބައިވެރިވުމެއް އޮތް ކަމަށް ސަރުކާރުން ދެކެންތޯ، އިންޑިއާގެ "ދަ ހިންދޫ" ނޫހުން މިނިސްޓަރު ދުންޔާއާ ކުރެއްވި ސުވާލުގެ ޖަވާބުގައި ދުންޔާ ވިދާޅުވީ އެހަމަލާދިނީ ވަކި މިވެނި ބައެއް ކަމަށް ލަފާ ކުރުމަކީ އަދި ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ތަހުގީގު ކުރިއަށް ގޮސް ނިމުމުން ނޫނީ އެ ހަމަލާ ދިން ސަބަބު ވެސް ރަނގަޅަށް ސާފު ނުވާނެ ކަމަށެވެ.
މީގެ އިތުރުން، ސަރުކާރުގެ ތެރޭގައި ސިޔާސީ ހަމަނުޖެހުމެއް އެބަ އޮތްތޯ އެނޫހުން ކުރި ސުވާލާ ގުޅިގެން މިނިސްޓަރު ދުންޔާ ވިދާޅުވެފައިވަނީ އެފަދަ ކަމެއް ނެތް ކަމަށެވެ. ލޯންޗްގައި ހިނގި ހާދިސާގެ ސަބަބުން ރައީސް ޔާމީނަށް އޮތް ތާއީދު އިތުރުވެފައިވާ ކަމަށް ވެސް ދުންޔާ ވިދާޅުވެފައި ވެއެވެ
މިނިސްޓަރު ވިދާޅުވި ގޮތުގައި ނައިބު ރައީސް ހައްޔަރުކުރުމާ ގުޅޭގޮތުން ސަރުކާރަށް މާބޮޑު ފާޑުކިޔުންތަކެއް އަމާޒެއް ނުވެ އެވެ. ރައީސް ޔާމީން ދަތުރުފުޅުކުރެއްވި "ފިނިފެންމާ" ލޯންޗުގައި އެއްޗެއް ގޮއްވާލުމަކީ ހިނގައިގެން ވާނެ ކަމެއް ނޫން ކަން ފާހަގަކުރައްވައި ރައީސަށާއި އާއިލާ އަށް ސަފީރުން ހަމްދަރުދީ ފާޅުކުރެއްވި ކަމަށް ދުންޔާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ލޯންޗްކޮޅުގެ ހާދިސާ އަށް ފަހު ރައްޔިތުންނާ މުހާތަބްކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގެ ތަފްސީލް ވެސް ސަފީރުންނާ ވަނީ ހިއްސާކޮށްފަ އެވެ. ތަހުގީގަށް ނައިބު ރައީސް ހައްޔަރުކުރުމަކީ ސަރުކާރަށް ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަކު އެ ގޮތަށް ކަންކަން ކުރަން ޖެހުނީ ނައިބު ރައީސްގެ ފަރާތްޕުޅުން އެއްބާރުލުން ނުލިބުމާއި ތަހުގީގުގައި އެމަނިކުފާނަށް ތުހުމަތުތަކެއް ކުރެވުމުން ކަމަށް ރައީސް ވިދާޅުވެފައިވާ ކަން ސަފީރުންނަށް ވިދާޅުވެ ދެއްވި ކަމަށް ދުންޔާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ