މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލަން ކުރަމުންމިދާ މަސައްކަތްތަކަކީ، ދުސްތޫރީ ނިޒާމު ހަލާކުކޮށްލުމަށް، ގާނޫނު އަސާސީގެ ތަރަހައިގެ ބޭރުން ކުރާ މަސައްކަތެއް: ޔާމީން

19:00ޝަރުއީ ދާއިރާއަށް ބިރުދައްކައި، އެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭބޭފުޅުންގެ ގޯތިގެދޮރަށާއި، މުދަލަށް ގެއްލުންދީ، މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ ބާރު ކަނޑުވާލަން މިހާރު ކުރަމުންމިދާ މަސައްކަތްތަކަކީ، ރާއްޖޭގެ ދުސްތޫރީ ނިޒާމު ހަލާކުކޮށްލުމަށް، ކަނޑައެޅިގެން ގާނޫނު އަސާސީގެ ތަރަހައިގެ ބޭރުން ކުރާ މަސައްކަތެއް ކަމަށް، ސިފައިން ހައްޔަރުކޮށްފައިވާ ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.ސިފައިންގެ ބެލުމުގެ ދަށުގައި އާރަށުގައި ހުންނަވައި، އަމިއްލަފުޅު ގާނޫނީ ވަކީލު އާޒިމާ ޝުކޫރު މެދުވެރި ކުރައްވައި، ދެއްވި ބަޔާނެއްގައި، ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ ވެސް މެންބަރު އަބްދުﷲ ޔާމީން މިއަދު ވިދާޅުވެފައި ވަނީ، މިއީ ބިރު ދައްކައިގެން ރައްޔިތުންގެ މައްޗަށް ގޮށްމުށުގެ ބާރު ހިންގައި ގާނޫނުގެ ވެރިކަން ނަގާލުމަށް ވެރިކަން ހިންގާ ބާރުން ކުރާ މަސައްކަތެއް ކަމަށެވެ. އަދި ގަދަ ބާރުން ގާނޫނުގެ ވެރިކަން ނަގާލައި، ދުސްތޫރީ މުއައްސަސާތަކުގެ ބާރު ކެނޑި، ދިވެހި ދައުލަތުގެ ސިޔާދަތު ގެއްލިފައިވާ މި ދަނޑިވަޅުގައި، އަބަދު ވެސް ދެމިހުންނަވާނީ، ގާނޫނުގެ އިމުގެ ތެރޭގައި ކަމަށާއި، ރައްޔިތުންގެ ހައްގުގައި ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. ގައުމިއްޔަތާއި، ދިވެހިން ހޯދައިފައިވާ ކުރިއެރުމާއި، ތަރައްގީ ފަހަތަށް ޖައްސައި އިސްލާމްދީން ދިވެހިންގެ އަތުން ނިގުޅައިގަތުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ފައްޓަވާފައިވާ މަސައްކަތުގައި ފަހަށްޖެހިވަޑައިނުގެތް ދެމިހުންނަވާނޭ ކަމަށާއި، މިކަންކަން ކަށަވަރު ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި، ރައްޔިތުންގެ މަޖިލީހުން ބޭރުގައި، ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ވެސް ޔާމީންގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.ސިފައިންގެ ބެލުމުގެ ދަށަށް ޔާމީން ގެންގޮސް އާރަށުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ