އަނެއްކާވެސް އާމީނިޔާ-އާޒަބައިޖާން ހަނގުރާމައިގެ ތެރެއަށް

އާމޭނިއާ އާއި އާޒަބަައިޖާނަކީ ކުރީގެ ރޫސީ ވިލާތުގެ ދެ ޖުމްހޫރިއްޔާ އެވެ. ދެ ގައުމުގެ ދެމެދު މިދިޔަ އާދީއްތަ ދުވަހު ވަނީ ބަރު ހަތިޔާރާއެކު ވަރުގަދަ ހަމަލަ ތަކެއް ބަދަލުކޮށް ދެ ގައުމުގެ ވަރުގަދަ ހަނގުރާމައަކަށް ބަދަލުވެފަ އެވެ. އެއީ އެތައް އަހަރެއްވެފައިވާ ހަމަނުޖެހުން ތަކެކެވެ.
މި ދެ ގައުމުގެ ނުތަނަވަސް ކަމާއި ދެމެދުގައި އޮތް ހަމަނުޖެހުމުަގެ އަސްލަކީ ޢާޒަބައިޖާންގެ ސަރަހައްދެއް ކަމުގައިވާ ނަގޯނަކަރަބާގެ މައްސަލަ އެވެ. އެ ނޫން އެއްވެސް މައްސަލައެއް ނެތެވެ. އެ ސަރަހައްދަކީ ރަސްމީކޮށް އާޒަބައިޖާން ގެ ސަރަހައްދަކަށް ވިޔަސް އެ ތަނުގެ ގިނަ ރައްވެހީންނަކީ އާމީނިޔާ ދަރިކޮޅުގެ މީހުނެވެ.
ނަގޯނަކަރަބާގެ މައްސަލައިގައި އާޒަބައިޖާން އާއި އާމީނިއާ ވަނީ 1980 އިގެ އަހަރު ތަކުގެ ފަހުކޮޅާއި 1990 އިގެ އަހަރުތަކުގެ ކުރީ ކޮޅުގައި ވެސް ވަރުގަދައަށް ހަނގުރާމަ ކޮށްފަ އެވެ. ޢޭގެ ފަހުން ދެ ގައުމުގެ ދެމުދުގައި އޮތް ހަނގުރާމަ ހުއްޓާލި ނަމަވެސް ސުލްހައިގެ އެއްބަސްވުމެއް ގާއިމް ކުރެވިފައެއް ނުވެއެވެ.
އޭގެ ފަހުން ނަގޯނަކަރަބާ އާޒަބައިޖާންގެ ބަޔެއްގެ ގޮތުގައި ކުރިންވެސް އޮތް ގޮތައް އޮތެވެ. އެކަމަކު އެ ސަރަހައްދު ކޮންޓްރޯލް ކުރަނީ އާމީނިއާގެ ސަރުކާރަށް ތާއީދު ކުރާ އާމީނިއާ ދަރިކޮޅުގެ މީހުނެވެ. އޭގެ ފަހުން ބައިނަލް އަގްވާމީ ބޮޑެތި ބާރުތައް މެދުވެރި ވެގެން ދެ ގައުމު ސުލްހަ ކުރުވަން ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބު ވެފަ އެވެ.
އާމީނިޔާގެ އަޣުލަބިއްޔަތަކީ ކްރިސްޓިއަނުންނަށް ވާއިރު އާޒަބައިޖާން ގެ އައުލަބިއްޔަކީ މުސްލިމުންނެވެ. ތުރުކީ އާއި އާޒަބައިޖާން އާއި ދެމެދު ރަނގަޅު ގުޅުމެއް ގާއިމް ކުރެވިފައިވާއިރު ހަމަ އެގޮތަށް އާމީނިއާ އާއި ރަޝިއާއާ ދެމެދު ވެސް ރަނގަޅު ގުޅުމެއް ގާއިމް ކުރެވިފައި އޮވެ އެވެ. އަނެއްކޮޅުން އާޒަބައިޖާން އާއި ރަޝިއާ އާއި ދެމެދު ވެސް ގުޅުނޖް ރަނގަޅެވެ.
އާމީނިއާ އާއި އާޒަބައިޖާން ނިސްބަތްވާ ހޯކަސަސް އަކީ ދެކުނު އިރުމަތީޔޫރަޕްގެ ފަރުބަދަމަތީ ސަރަހައްދެކެވެ. އެ ތައް ގަރުނެއް ވަންދެން އެ ސަރަހައްދުގެ ބޮޑެތި ބާރުތަކުން އެތަނުގެ ކޮންޓްރޯލް ނަގަން މަސައްކަތް ކޮށްފައިވެ އެވެ. އެގޮތުން ކްރިސްޓިއަނުންނާއި މުސްލިމުން ވެސް އެ ސަރަހައްދު ގެ ކޮންޓްރޯލް ނަގަން މަސައްކަތް ކޮށްފައި ވެއެވެ.
ރޫސީ ވިލާތް 1920 އިގެ އަހަރު ތަކުގައި އުފެދުމާއި ގުޅިގެން އެ ގައުމުގެ ދަށަށް މި ޒަމާނުގެ އާމީނިޔާ އާއި އާޒަބައިޖާން ދިޔައެވެ. އަދި ނަގޯނަކަރަބާ އަކީ އާމީނިޔާ ދަރިކޮޅުގެ އަޣުލަބިއްޔަތު އޮތް ސަރަހައްދަކަށް ވިއަސް އެސަރަހައްދުގެ ކޮންޓްރޯލް ރަޝިއާ އިން ދިނީ އާޒަބައިޖާނެވެ.
ނަވާރަސަތޭކަ ނުވަދިހަ އަށްވަނަ އަހަރު ނަގޯނަކަރަބާގެ ގާނޫނު ހަދާ މަޖްލިހުން ވަނީ އާމީނިއާ އާއި ގުޅެން ވޯޓު ލާފައެވެ. މިކަމާއި އާޒަބައިޖާނުގެ އިތުރަށް ރޫސީ ވިލާތުން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ. އޭގެ ފަހުން 1991 ގައި ރޫސީ ވިލާތް ރޫޅުމަށް ފަހު އާމީނިއާ ގެ ވަކިވެ ގަތުމަށް މަސައްކަަަތް ކުރާ ހަނގުރާމަވެރިން ވަނީ އެ ސަރަހައްދު ހިފާފަ އެވެ. އޭގެ ސަބަބުން އާޒަބައިޖާން އާއި އާމީނިއާ ދެމެދުގައި ހިނގި ހަމަނުޖެހުންތަކުގައި 30000 މީހުން މަރުވެ އެތައް ލައްކަ ބަޔަކު އެމީހުންގެ ވަޒަން ދޫކޮށް ނުކުމެގެން ދިޔަ އެވެ. އަދި 1994 ވަނަ އަހަރު ބައިނަލްއަގުވާމީ ގޮތުން ކުރި މަސައްކަތުން ހަނގުރާމަ ހުއްޓާލި އެވެ. އެކަމަކު ދޭތެރެ ދޭތެރެއިން ނަގޯނަކަރަބާ އާއި އާޒަބައިޖާން އާއި އާމީނިއާ ގުޅޭ ބޯޑަރު ގައި ހަމަލަ ބަދަލު ކުރެ އެވެ.
އެޕްރީލް، 2016 އަކީ ފަކަށް އައިސް ދެ ގައުމުގެ ދެމުދުގައި އެންމް ވަރުގަދަ އަށް ހަމަލަ ބަދަލު ކުރެވުނު ފަހަރެވެ. މިހަމަލަ ތަކުގައި ދެ ފަރަތުން ވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވެފަ އެވެ. މިހާރު އަނެއްކާވެސް މިވަނީ ދެމެދުގައި ހުޅު ހިފާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ