ކެލާ ބަނދަރު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެ

ހއ. ކެލާ ބަނދަރު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީ އިން ބުނެފިއެވެ.
ކެލާގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން 3496 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމުގެ އިތުރުން، 12،768 ކިއުބިކް މީޓާރު ނެރުން ވަނީ ފުންކޮށްފައެވެ.
އަދި 30 މީޓަރަށް ބޭރުތޮއްޓެއް ލުމުގެ އިތުރުން 220 މީޓަޓުގައި ރިވެޓްމެންޓު ޖަހައި 1445 އަކަމީޓަރު ޕޭމަންޓަކާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ މި މަޝްރޫގެ ދަށުން ކުރިޔަށް ގެންގޮސްފައެވެ.
މި މަޝްރޫއަކީ 17.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫ އެމްޓީސީސީ އިން ނިންމާފައި ވަނީ 410 ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ. މި މަސްރޫ ޕްލޭނިން މިނިސްޓްރީ އިން އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ ފަހުކޮޅުގައެވެ. މި މަޝްރޫގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.
އެމްޓީސީސީ އަންނަނީ އެކުންފުނިން ކުރިއަށް ގެންދާ ގިނަ މަޝްރޫތަކެއް މިދުވަސްކޮޅުގެ ތެރޭގައި ނިންމައި ސަރުކާރާއި ހަވާލުކުރަަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ