ޓޫރިޒަމްގެ ޕޮލިސީ ޑައިރެކްޓަރު ހައްސާން ވެސް މަގާމުން ވަކިކޮށްފި

ޖިންސީ ގޯނާގެ ތުހުމަތު ކުރެވި ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު މިއަދު ވަކިކޮށްފައި ވަނިކޮށް އެ މިނިސްޓްރީގެ ސިޔާސީ އިސް މަގާމެއްގައި ހުރި އެހެން ބޭފުޅަކު ވެސް ވަކިކޮށްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މަގާމުން ވަކިކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑައިރެކްޓަރު މުހައްމަދު ހައްސާނެވެ.
ކުރީގެ ސަރުކާރުގައި އައްޔަންކުރި ގޮތަށް ސިޔާސީ މަގާމެއްގައި ހުންނެވި ހައްސާނަކީ އަލީ ވަހީދާ ވަރަށް ގާތް ބޭފުޅެކެވެ.
ހައްސާން ވަކިކުރި ސީދާ ސަބަބެއް އަދި ނޭނގެ އެވެ.
Ali Waheed ge "hageegaiy" haamakohdheyn muvazzafun thedhuvee ekugai!
Mihaaru
އަލީ ވަހީދާ ދެކޮޅަށް މުވައްޒަފުން ތެދުވުންމިކަމާ ގުޅޭ ގޮތުން ހައްސާނަށް ގުޅުމުން ފޯނެއް ނުނަންގަވަ އެވެ. އަދި ރައީސް އޮފީހާއި ޓޫރިޒަމް މިނިސްޓްރީން ވެސް ޖަވާބެއް ނުލިބުނެވެ.
ޖިންސީ ގޯނާގެ ތުހުމަތު އަލީ ވަހީދަށް ކުރެވެމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އަންގަވައިފަ އެވެ. ނަމަވެސް އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވުމުން މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ.
މިއީ ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވޭ މައްސަލައެއްގައި ރާއްޖޭގައި ވަޒީރަކު މަގާމުން ވަކިކުރި ފުރަތަމަ ފަހަރެވެ.
Isthiufaa nudhevvumun Ali Waheed vaki koffi
Mihaaru
އަލީ ވަހީދު ވަކިކުރުންޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި އަލީ ވަހީދަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ޖެންޑާ މިނިސްޓްރީ އާއި ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ. ނަމަވެސް އެ މައްސަލަތަކުގެ ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
މަގާމުން އިސްތިއުފާ ދެއްވަން ރައީސް އެންގެވުމުން، އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަހުން ހަގީގަތް ހާމަވާނެ ކަމަށާއި ގައުމަށް ކޮށްދެއްވުނު ޚިދުމަތްތަކާ މެދު ފަޚުރުވެރިވާ ކަމަށެވެ.
ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށް ވިދާޅުވެ، އަލީ ވަހީދު ޓުވީޓްގައި ހިމަނާފައި ފޮޓޯގައި ވަނީ "މިދުވަސް ވެސް ހިނގައިދާނެ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ