ހިތަދޫގައި އުރީދޫގެ ޑިޖިޓަލް ސެންޓަރެއް ހުޅުވައިފި

އުރީދޫ މޯލްޑިވްސްއިން އެކުންފުނީގެ ޚިދުމަތްތައް 24 ގަޑިއިރު ލިބޭ ޑިޖިޓަލް ސެންޓަރެއް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައިފިއެވެ.ގަމު ރީޖަނަލް ހޮސްޕިޓަލް ކުރިމަތިން ހުޅުވި މި ސެންޓަރުގައި ހިމެނޭ ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް، ބޭނުން ކޮންމެ ގަޑިއެއްގައި ރީޗާޖްކޮށް، ކޭޝް އިން ޕްރޮސެސް ކުރެވޭނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.އުރީދޫ އިން ވަނީ ޑިޖިޓަލް ސެންޓަރުތަކުގައި އިޖުތިމާއީ ގައިދުރުކަން ޕްރެކްޓިސް ކުރުމަށް އެދިފަ އެވެ.ޑިޖިޓަލް ސެންޓަރުން ގިނަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ހަފްތާގެ 7 ދުވަހު، ކޮންމެ ދުވަހެއްގެ 24 ގަޑިއިރު ލިބެން ހުންނާނެއެވެ. މީގެތެރޭގައި:– ބިލަށް ފައިސާ ދެއްކުން– ރީޗާރޖްގެ ޚިދުމަތްތައް– އެމް-ފައިސާ އެކައުންޓަށް ކޭޝް އިން ކުރުމުގެ ޚިދުމަތްތައްއުރީދޫ އިން ވަނީ މާލޭގެ އިތުރުން ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލަށް ސިޓީ އާއި ލ.ގަމުގެ އިތުރުން ގދ. ތިނަދޫގައި ވެސް މިފަދަ ޑިޖިޓަލް ސެންޓަރެއް ހުޅުވައިފަ އެވެ.އުރީދޫ އިން ބުނީ އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ޑިޖިޓަލްކޮށް ފަސޭހަކަމާ އެކު ހިދުމަތް ލިބޭނެގޮތް ފަހިކޮށް ދިނުމަށް އަބަދު ވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ