އުތުރުރިއަރާ އުތެމަތަކުގެ ކިބައިން ދަރިން ސަލާމަތްކުރަން ޢަމަލުކުރަންޖެހޭ ގޮތުގެ ވަރަށް މުހިންމު މައުލޫމާތުކޮޅެއް!

ތިރީގައި އެވަނީ ރާއްޖޭގައި އުތުރިއަރަމުންދާ އުތެމަތަކުގެ ކިބައިން ދަރިން ސަލާމަތްކޮށް އިސްލާމް ދީނުގައި ދަރިން ސާބިތުކުރުވުމަށްޓަކައި މައިން ބަފައިން އަމަލުކުރަންޖެހޭ ވަރަށް މުހިންމު ބައެއް ކަންކަން ފާހަގަކޮށް ލިޔެފައިވާ ވަރަށް މުހިންމު ލިޔުމެކެވެ.
މިފަދަ ކަންކަމުގައި ދިވެހި ސަރުކާރުން އަމަލުކުރަމުން ގެންދާ ގޮތުން ދަރިން އިސްލާމް ދީނުގައި ސާބިތުކުރުވުމުގެ ޒިންމާ ސަރުކާރުން އުފުލާކަމަށް ބުނެވޭކަށް މިހާރަކު ނެތެވެ. އެއީ ހަރުކަށި ފިކުރުގެ މީހުންނަށް ވަގުތުން ފިޔަވަޅު އެޅިނަމަވެސް ބުރަކަށި ފިކުރުގެ މީހުންނާއިމެދު ފިޔަވަޅު އެޅޭތަން ނުފެންނާތީއެވެ. ބުރަކަށި ފިކުރަކީ މާތް ﷲ ގެ ދީނަށް ދެކޮޅު ހަދައި އިސްލާމް ދީނަށް ބުރަކަށި ދިމާކޮށްގެން ކަންކަން ކުރަމުން ގެންދާ މީހުންނެވެ. ވީމާ ބުރަކަށި ފިކުރުގެ ކިބައިން ދަރިން ސަލާމަތްކުރަން މައިންބަފައިން ކުރަންޖެހޭ މަސައްކަތްތައް މިވަނީ އިންތިހާއަށް އިތުރުވެފައެވެ.
ލިޔުން ވިދާޅުވެލައްވާ! 
މިއީ ކެނެޑާގައި ދިރިއުޅޭ ބައްޕައަކަށް ކުރިމަތިވި ކަމަކާއި ބެހޭގޮތުން އޭނާއާއި ޑރ.ޖާސިމްއާއި ދެމެދު ކުރެވުނު މަޝްވަރާއެކެވެ. ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގާ މީހުން އުޅެނީ ފަރުދާގެ ފުރަގަހުގައި ނިވާވެ ކަމުން، މިއަދު މައިންބަފައިން ދަރިންނާއި މިކަމާއިބެހޭ ގޮތުން ވާހަކަ ދައްކައި، އެކުދިންނަށް މިއީ ކިހާ ބޮޑު ނުބައި ކަމެއް ކަން ބުނެދޭން އެބަޖެހެއެވެ.
އެކުދިންގެ އުމުރާއި ގުޅޭގޮތަށެވެ. އެނޫންނަމަ، އެކުދިންގެ ސިކުޑިތަކަށް މިނުބައި ފާޙިޝް ކަން އެއީ އާދައިގެ ކަމެއްކަމަށް ވިސްނައިދޭ މީހުންނަށް، އިންޓަނެޓާއި މީސްމީޑިއާގެ ޒަރީޢާއިން އެކުދިން ހުށަހެޅިދާނެއެވެ. ވަގުތު ފާއިތުވުމުގެ ކުރިން އެކުދިންގެ ސިކުނޑިއަށް ހެޔޮގޮތް ވިސްނައިދޭށެވެ.
"ބައްޕަ: އަހަރެން ކެނެޑާގައި ދިރިއުޅޭތާ 20 އަހަރުވެއްޖެއެވެ. އަހަރެންނަށް މިހާރު މިވަނީ ވަރަށް ބޮޑު މައްސަލައެއް ކުރިމަތިވެފައެވެ. އަހަރެންގެ ފިރިހެން ދަރިފުޅުގެ ކުލާހުގައި ހޯމޯސެކްޝުއަލް ދެކުދިން ތިބެއެވެ. މިކުދިން އަހަރެންގެ ދަރިފުޅުގެ ކައިރިން އެކުދިންނާއި ގުޅެން އަހަނީއެވެ. ދެން ކަންތައް ކުރަންވީ ކިހިނެތްތޯއެވެ. 
ޑރ. ޖާސިމް: ކިހިނެތް ތިކަން އެނގުނީ؟
ބައްޕަ: އަހަރެންގެ ދަރިފުޅު އަހަރެން ކައިރީ ބުނީ. ދެން އަހަރެން އޭނަ ކައިރީ ބުނިން އެކުދިންނަށް އިޖާބަނުދޭށޭ. އެއީ ނުބައިކަން ބޮޑު ކަމެކޭ. އަދި ފިޠުރަތާ ޚިލާފުވެސް ކަމެކޭ. 
ޑރ. ޖާސިމް: ދަރިފުޅުގެ އުމުރަކީ ކޮބާ؟
ބައްޕަ: ނުވަ އަހަރު 
ޑރ. ޖާސިމް: އެކަމަކު ތިސުވާލުގެ ޖަވާބު ކުޑަކުއްޖަކާ ނުގުޅޭ. ބޮޑު މީހަކަށް ތިޖަވާބު ރަގަޅު. އަދި ޚާއްޞަކޮށް ކެނެޑާގެ ޤާނޫނުގައި ތިއީ ގޯސްކަމެއް ނޫން.
ބައްޕަ: އެހެންވިއްޔާ އަހަރެން އޭނައަށް ޖަވާބު ދޭނީ ކިހިނެތް؟ 
ޑރ. ޖާސިމް: ޖަވާބު ދިނުމުގެ ކުރިން އިންސާނުން އުފެދިގެން އައި ގޮތާއިމެދު ދަރިފުޅާއި ވާހަކަ ދައްކަން އެބަޖެހޭ. ﷲ އެންމެ ފުރަތަމަ ހެއްދެވީ އާދަމްގެފާނު ކަން. އެއަށްފަހު ޙައްވާގެފާނުކަން. އެހެންކަމުން ގާތްގުޅުމެއް ލޯބީގެ ގޮތުންނާއި، ޖިންސީ ގޮތުން ބޭއްވޭނީ އަންހެނަކާއި ފިރިހެނަކާއި ދެމެދު ކަން ބުނެދޭންޖެހޭ. އޭގެ މަޤްޞަދަކީ އެދެމީހުންނަށް ދަރިން ރިޒުޤުކުރެވިގެން ދިއުންކަން. އަދި މީގައިވެސް ޤަވާއިދުތަކާއި އުސޫލުތަކެއްވާކަން. 
ބައްޕަ: އަހަރެން ތިނަޒަރުން ނުވެސް ވިސްނަން މީގެ ކުރިން..
ޑރ. ޖާސިމް: މިގޮތަށް ތައާރަފެއް ދިނުމަށްފަހު، ދެން އެއަށްފަހު، ސުކޫލުގައި އުޅޭ ރަޙްމަތްތެރިންނާއި ވާހަކަ ދައްކައި އެމީހުން ކައިރީ އިށީނދެ ތިބުމުގައި އެއްވެސް މައްސަލައެއް ނެތްކަން ބުނެދީ. އެހެންނަމަވެސް އެމީހުން ކުރިމަތީގައި ހެދުން ބާލައި، އަދި އެކަކު އަނެކެއްގެ ލަދުވެތި ގުނަވަންތަކުގައި އަތްލުމަކީ ގޯސްކަމެއްކަމަށާއި، އެއީ ކޮށްގެންވާނޭ ކަމެއްނޫންކަން ބުނެދޭށެވެ.
އަދި މިވަގުތު މިއީ ތަރުބަވީ ފުރުސަތަކަށް ހަދައި އޭގެ ބޭނުން ފުރިހަމަގޮތުގައި ހިފާށެވެ. އަދި މީހާގެ އައިޑެންޓިޓީއާއި، ޢަޤީދާއާއި ޘަޤާފަތަކީ ކޮބައިކަމާއި، މިކަންކަމުގައި މުސްލިމުންނާއި ޣައިރު މުސްލިމުންގެ ތަފާތުތައް ބުނެދޭށެވެ. 
ބައްޕަ: އާނ! ރަގަޅު ވާހަކައެއް ތިއީ. އެކަމަކު މިއީ ވަރަށް އުނދަގޫ މައްސަލައެއް.
ޑރ. ޖާސިމް: އަހަރެން ވާހަކައެއް ކިޔައިދީފާނަން.
އަހަރެންގެ ދަރިފުޅާއި އަހަރެންނާއި ދެމީހުން ލަންޑަންގެ ރެސްޓޯރެންޓަކަށް ދިޔަ ފަހަރެއްގައި ދިމާވި ކަމެއް. އަހަރެން މެންދުރު ކާން ރެސްޓޯރެންޓަކަށް ދިޔައިރު، އެއްޖިންސުގެ ދެމީހުންގެ ކައިވެނީގެ ޙަފްލާއެއް ކުރިއަށްދަނީ. އަހަރެން އެލިބުނު ރަނުގެ ފުރުސަތު، ދަރިފުޅަށް ތަރުބަވީ ފިލާވަޅެއް ދޭން ބޭނުންކުރިން. ދެން އަހަރެން އަހާލިން. އެދެމީހުން ކީއްކުރަނީ ކަން އެނގޭތަ؟ އޭނަ ބުނި ނޭގޭ. އަހަރެން ބުނިން އެއީ ދެފިރިހެނުން ކައިވެނި ކުރަނީ. 
ދެން އަހަރެން އެދެމީހުން ކައިރިއަށް ގޮސް އެމީހުން ކައިރީ އަހާލިން. ތިތަނުން އަނބިމީހާއަކީ ކާކު؟ އެދެމީހުން އެކަކު އަނެކަކަށް ބަލާލި. އޭރު އަހަރެންގެ ދަރިފުޅަށް އެދެމީހުން ދިން ޖަވާބުގައި ހުރި ދެކޮޅު ނުޖެހޭކަން ފެނުނު.
ދެން އެއަށްފަހު އަހަރެމެން އިށީނދެ ވާހަކަދެއްކިން. އަހަރެން ބެލީ އެލިބުނީ އަންހެނުންނާއި، ފިރިހެނުންގެ ތެރޭގައި ހިނގާ އެއްޖިންސުން ގުޅުން ހިންގުމާއި ބެހޭ ގޮތުން ވާހަކަ ދައްކަން ލިބުނު ފުރުސަތަކަށް. އަދި ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ ވާހަކައާއި، އެމީހުންގެ މައްޗަށް ﷲ ފޮނުއްވި ކޯފާގެ ވާހަކަވެސް ބުނެދިނިން. އަދި މިއާޔަތްވެސް ބުނެދިނިން. (إِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِّن دُونِ النِّسَاء بَلْ أَنتُمْ قَوْمٌ مُّسْرِفُونَ، މާނައީ: ހަމަކަށަވަރުން ތިޔަބައިމީހުން ޝަހުވާނީ ގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ފާފަކުރުމުގައި)ހައްދުފަހަނައަޅައިފައިވާ ބަޔަކީމުއެވެ. 7:81) 
އަދި މީގެ ކުރީގައި، ލިވާޠުކުރުމަކީ ނަފްސާނީ ބައްޔެއް ކަމުގައި ވަނީ ކަނޑައެޅިފައި، އެހެންނަމަވެސް ފުރަތަމަ ފަހަރަށް އެއީ ނަފްސާނީ ބައްޔެއް ނޫންކަމަށް ކަނޑައެޅުނީ 1973ގައި އެމެރިކާގައި.
ބައްޕަ: އެހެންވީމާ، އަހަރެންގެ ކުރިމަތީގައި މިއޮތީ ދަރިފުޅަށް ތަރުބިއްޔަތު ދޭން ރަގަޅު ފުރުޞަތެއްތާ! 
ޑރ. ޖާސިމް: އާނ. މިގޮތަށް ކުދިންނަށް މިވާހަކަތައް ބުނެދީފައި، އެކުދިންގެ ސިކުނޑީގައި އަށަގެންނެވުމަކީ ވަރަށް މުހިއްމު ކަމެއް. ޚާއްސަކޮށް މިޒަމާނުގައި. މިއީ ކެނެޑާގައި އެކަނި ހިނގާކަމެއް ނޫން. އަރަބި ގައުމުތަކުގައިވެސް ފެތުރިފައިވާ ކަމެއް. އެކަމަކު ތަފާތަކީ ކެނެޑާގެ ޤާނޫނުގައި މިއީ ހުއްދަކަމެއް. އަދި ފާޅުގައި އެންމެނަށް ފެންނަހެން މިގޮތަށް އުޅޭ މީހުން ގިނަ.
ބައްޕަ: މިފިކުރާއި މެދު އަހަންނަށްވެސް ވިސްނެންފެށީ ވަރަށް ފަހުން. ޚާއްސަކޮށް އަރަބި ޤައުމުތަކަށް ދަތުރުކުރެވުނު ފަހުން.
ޑރ. ޖާސިމް: ތިތާނގައި ވަރަށް ކުޑައިރުއްސުރެ ސުކޫލުތަކުގައި، ޖިންސީ ގުޅުމާއި ބެހޭ ވަރަށް ގިނަ މަޢުލޫމާތު ދޭކަން އަހަރެންނަށްވަނީ އެނގިފައި. އަދި އެކަންކަން ހިނގާ ގޮތް ތަފްސީލުކޮށް ކިޔައިދޭ. އެހެންނު؟
ބައްޕަ: އާނ. ތިބުނީ ރަނގަޅަށް.
ޑރ. ޖާސިމް: އެހެންވީމަ، އެއީވެސް އެކުދިންނަށް އުނގަންނައިދޭން ލިބޭ ފުރުޞަތެއް.
ބައްޕަ: އެއީ ކިހިނެތް؟!
ޑރ. ޖާސިމް: ބައްޕައެއްގެ ހައިސިއްޔަތުން މިކަމާއިމެދު އިސްލާމީ ނަޒަރަކުން ކިޔައިދޭން ލިބޭ ފުރުސަތެއް މިއީ. އޭރުން އެކުދިންނަށް އެމައުލޫމާތުލިބޭ މަޞްދަރަކީ ތިއީ ކަމަށް ވާނެ.
ބައްޕަ: ރަގަޅު ވާހަކައެއް. އަހަރެމެން ބޮޑުވެގެން އައިއިރު މިއީ ދައްކަންނުވާ ވާހަކައަކަށްވެފައި އޮންނަނީ. 
ޑރ. ޖާސިމް: މިހާރު ޖެހޭނީ އެކުދިންގެ ޒަމާނުގައި ދިރިއުޅެން. ތިބާ ބޮޑުވިއިރުގެ ޒަމާނަކު ނޫން. މިއަދު ފޯނާއި އިންޓަނެޓުގެ އެހީގައި އެކުދިންނަށް ބޭނުން މައުލޫމާތެއް ހޯދޭނެ. އަދި ބެލޭނެ. އެހެންވީމަ ޚިޔާލީ ދުނިޔެއެއްގައި ނޫޅެ ޙަޤީޤަތާއި ކުރިމަތިލާން އެބަޖެހޭ. އެކުދިންނަށް ކަންކަން ފޮރުވުމުގެ ބަދަލުގައި، ޙިކުމަތްތެރިކަމާއި، ވިސްނުންތެރިކަމާއި އެކީ ހުރިހާ ވާހަކަތަކެއް ދައްކަން ޖެހޭ. 
ބައްޕަ: ހުޅަނގުގައި ލިވާޠުކުރުމަށް ހިތްވަރުދޭ. ދެން ކިހިނެތް ހަދާނީ؟
ޑރ. ޖާސިމް: އެންމެ މުހިއްމީ، އިސްލާމްދީނާއި ފުށު އަރާ ކޮންމެ ކަމަކާއި ވާހަކަދެކެވޭއިރު، އެފުރުޞަތު، އެކުދިންނަށް ރަގަޅުގޮތް ވިސްނައިދޭން ބޭނުންކުރުން. -މަޝްވަރާ ނިމުނީ— 
* ދީނުގައި އޮންނަ ރަގަޅުގޮތް ދަރިންނަށް މައިންބަފައިން ބުނެނުދިނުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އަދި އެގޮތުން އެކުދިން ކުރިމަތީގައި ނުބައި ކަންކަން ހިނގަމުންދާއިރު އެކަންކަމާއިމެދު އެއްވެސް އެއްޗެއް ނުބުނެ، އަދި އެގޯސްކަމަކަށްވަނީ ކީއްވެކަން މައިންބަފައިން ބުނެނުދިނުމަކީ އެމީހުންނަށް ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެއްޗެއް ފަރަޤުކުރެވޭނީ އޭގެ އިދިކޮޅު އެނގިގެންނޭ ބުނެއެވެ. ރޭގަނޑު ނުފެންނަ މީހަކަށް ދުވާލުގެ ތަފާތު އިހްސާސްކުރަން ނޭގޭނެއެވެ. ފިނިކަން އިހުސާސްނުކުރެވޭނަމަ ހޫނުކަމަކީ ކޮބައިކަން ނޭގޭނެއެވެ. ކުފުރުގެ ގޮތްތައް ނޭގި އީމާންކަމަކީ ކޮބައިކަން ނޭގޭނެއެވެ.
--ތުއްތު އިސްލާމީ ވެށި
 
#ތަރުޖަމާ#BanUthema#BanMDNFikuru #thuhthuislaamyveshi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ