އިތުރު 2 މީހުން ފައްސިވެ، އައިޖީއެމްއެޗް އައިސީޔޫ ބަންދުކޮށްފި

އައިޖީއެމްއެޗުގައި ނިޔާވި، އުމުރުން 39 އަހަރުގެ އިންޑޮނޭޝިއާ މީހާގެ ކޭސްއާ ގުޅިގެން އިތުރު ދެ މީހަކު އެ ހޮސްޕިޓަލުން ފައްސިވެ ހޮސްޕިޓަލުގެ އައިސީޔޫ ބަންދުކޮށްފިއެވެ.
އިއްޔެ ވެސް އައިޖީއެމްއެޗް އިން ވަނި 5 މީހަކު ވައިރަހަށް ފައްސިވެފައެވެ. އިއްޔެ ފައްސިވެފައިވަނީ އައިޖީއެމްއެޗް އައިސީޔޫ ގައި އޮތް ދެ ބަލި މީހުނާއި ތިން ނަރުހުންނެވެ.
އިންޑޮނޭޝީއާ މިހާ ގެ ކޭސްއާ ގުޅިގެން މިހާތަނަށް ޖުމްލަ 7 މީހަކު ވައިރަހަށް ފައްސިވެފައިވާއިރު ހޮސްޕިޓަލުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިއައިސީޔޫގައި ތިބި ހުރިހާ ބަލި މީހުން އެހެން ވޯޑަކަށް ބަދަލުކޮށްފައެވެ.
އަދި އެ ރެއިން ފެށިގެން އައިސީޔޫ ވެސް ވަނީ ބަންދުކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިންޑޮނޭޝިއާ މީހާ މަރުވީ ކޮވިޑު ޖެހިގެން ކަމަށް އެންމެ ފުރަތަމަ އެޗްޕީއޭއިން އިއުލާނު ކުރިނަމަވެސް ފަހުން އެޗްޕީއޭ އިން ވަނީ އޭނާ ކޮވިޑަށް ފައްސި ނަމަވެސް، އޭނާ މަރުވި ސަބަބަކީ ކެންސަރު ބަލި ކަމަށް ނިންމައި އިއުލާނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ