ދެކުނު އެފްރިކާާގެ ކާާރޫބާރޫ ބޮޑު މަގެއްގައި ހަތަރު ސިންގާ

ދެކުނު އެފްރިކާާގެ ކާާރޫބާރޫ ބޮޑު މަގެއްގައި ވެލިކަލްތައް ދުއްވަނިކޮށް ބިޔަ ހަތަރު ސިންގާ ހިނގާފައިދާ އާދަޔާއި ހިލާފު ވީޑިއޯއެއް އާންމުވެއްޖެއެވެ.
މިބިރުވެެރި ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެފައި ވާއިރު 2 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މި ވީޑިއޯ ބަލާފައެވެ. ގިނަބަޔަކަށް މިވީޑިއޯއިން ކުއްލި ހައިރާންކަމެއް ލިބި އެކަމާއި ގުޅޭގޮތުން ތަފާތު ކޮމެންޓްތައްވެސް ކޮށްފައިވެއެވެ.
މި ވީޑިއޯ އެންމެ ފުރަތަމަ އާންމުކޮށްފައިވަނީ "ލަޔަންސް އޮފް ކުރޫގާ ޕާކް އެންޑް ސާބީ ސޭންޑް" ކިޔާ ފޭސްބުކް ޕޭޖެއްގައެވެ.
ދެކުނު އެފްރިކާގެ ކާރޫބާރޫ މަގެއްގައި ހަތަރު ސިންގާާ ހިނގާފައިދާތަން ފެނުމުން ގިނަ ވެހިކަލްތައްވެސް ދިޔައީ އެސޮރުމެންނަށް ވިސްނައިގެން އެސޮރުމެންގެ ފަހަތުން ވަރަށް މަޑުމަޑުން ދުއްވާފައެވެ.
މި ވީޑިއޯ އާންމުވީ މީގެ ތިން ހަފްތާކުރިން ކަމަށްވާތީ މިހާތަނަށް 34000 އަށްވުރެ ގިނަ ފަހަރަށް ވަނީ ޝެއާވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ