އެކި މިނިސްޓްރީތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދަނީ

އެކި މިނިސްޓްރީތަކުގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.ރައްޔިތުން ސަމާލުކުރުވަން ފުލުހުންގެ ވެބްސައިޓްގައި މިއަދު ޖެހި ލިޔުމުގައިވާ ގޮތުން، މިނިސްޓްރީތަކުގެ ނަމުގައި މި ގޮތަށް ގުޅަނީ ރަށްރަށުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ އިސް މުވައްޒަފުންނަށެވެ.ވަކި މުވައްޒަފަކާ ގުޅޭގޮތުން އާންމުންގެ ޝަކުވާ އަންނަ ކަމުގައި ބުނެ، އެކަމުގައި ނަސޭހަތްތެރިވުމަށް ފަހު، އެ އިދާރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މައުލޫމާތާއި ފޯނު ނަމްބަރު ހޯދާ ކަމަށް ފުލުހުން ބުންޏެވެ. އަދި މުވައްޒަފަށް ބިރު ދައްކައި އޭނާގެ ޒާތީ މައުމޫލާތު ހޯދައިގެން ފައިސާ ހޯދާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ."އެ ގޮތުން، ހެލްތު މިނިސްޓްރީގެ ނަމުގައި ނަމަ ގުޅަމުން ދަނީ ހެލްތު ސެންޓަރުގެ މުވައްޒަފުންނަށެވެ. އަދި ސްކޫލެއްގެ މުވައްޒަފެއްނަމަ ގުޅަނީ އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގަ އެވެ." މައްސަލަ ސާފުކޮށްދޭން މިސާލު ދައްކަމުން ފުލުހުންގެ ވެބްސައިޓްގައި ލިޔެފައިވެ އެވެ.ފުލުހުން ބުނީ އެގޮތަށް ގުޅައި، އެ މުވައްޒަފާ ވާހަކަ ދައްކައި އޭނާއާ ގުޅޭގޮތުން އާންމުންގެ ޝަކުވާ އަންނަ ކަމުގައި ބުނާކަމަށާއި، ވާހަކަ ދެއްކުމުގެ ތެރޭގައި މުވައްޒަފުގެ ޒާތީ މައުލޫމާތު ހޯދައި އެ މުވައްޒަފަށް ބިރުދައްކައި ފައިސާ ހޯދާކަމަށް ފުލުހުންގެ އިދާއިން މަޢުލޫމާތު ދީފައިވެއެވެ.މިގޮތަށް އާންމުކޮށް ގުޅަނީ މާފުށީ ޖަލުން ކަމަށާއި، އެހެންކަމުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ މިފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ