ރުކެއްގައި "ދަންޖެހިފައި" ހުރި ޒުވާނަކު ފެނިއްޖެ

އައްޑޫ ސިޓީ ހިތަދޫގައި "ދަންޖެހިފައި" ހުރި ޒުވާނަކު ފެނިއްޖެއެވެ.
އޭނާ ފެނުނީ ގޭގެ ދޮރުމަތީގައި އޮތް ރުއްގަނޑެއްގައި ހުރި ކުޑަ ރުކެއްގައި ވާގަނޑެއް އައްސައިގެން "ދަންޖެހިފައި" ހުއްޓައެވެ.
އޭނާ ފެނުނީ އޭނާގެ ބައްޕަ އަށެވެ. "ދަންޖެހުނު" މީހާ މިހާރު ވަނީ ނިޔާވެފައެވެ.
މަންޒަރުދުއް މީހުން ބުނާ ގޮތުގައި ވާގަނޑު އައްސާފައި ހުރި ހިސާބާއި ބިމާއި ދޭތެރޭ އޭނާގެ އިސްކޮޅުގެ ޖާގައެއް ނެތެވެ.
އޭނާ ދަންޖެހިފައި ވަނީ އަމިއްލައަށް ކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ.
ވާގަނޑު އައްސާފައި ހުންނަ ހިސާބާއި ބިމާއި ދޭތެރޭ އިސްކޮޅުގެ ޖާގަ ނެތް ނަމަވެސް އަމިއްލަ އަށް ދަންޖެހެވިދާނެ އެވެ. އެފަދަ ބައެއް ހާދިސާތައް މީގެ ކުރިން ވެސް ރާއްޖޭގައި ހިނގާފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ