ވޯޓުން އެނގުނީ ރައްޔިތުން ވޯޓުލާން ބޭނުންވަނީ “ދިރިހުރި” މީހުންނަށްކަން: އެމް ޕީ އަލީ

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުން އަންގައިދީފައިވަނީ ދިޔައީ ދިވެހި ރައްޔިތުން ވޯޓުލާން ބޭނުންވަނީ ދިރިހުރި، އިންސާނުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މިއަދު އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން، އެމްޕީ އަލީ ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދިވެހި ރައްޔިތުން ސަރުކާަރަށް ދެތިންކަމެއް ބުނެދީފައިވާ ކަމަށެވެ.
“ދިވެހީންނެއް ބޭނުމެއް ނުވޭ ކޮންމެހެން، ދިރުމެއް ނެތް، ތިލަފަތަކަށް، ނޫނިއްޔާ ރުކަކަށް ވޯޓުލާކަށް ބޭނުމެއް ނޫން” ޢަލީ ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ގިނަ ކެނޑިޑޭޓުންނަށް ކާމިޔާބު ލިބިފައިވާތީ، އެކަމަށް އިޝާރާތް ކުރައްވައި އަލީ ވިދާޅުވީ، ރަނގަޅަށް ޚިދުމަތް ކޮށްދެވޭ މީހަކު ކުރިމަތިލައިފިނަމަ، ދިވެހީން ވަކި ސިޔާސީ ޕާޓީއަކަށްވެސް ނުބަލާކަން ނިމިގެން ދިޔަ އިންތިޚާބުން ހާމެވެގެން ދިޔަ ކަމަށެވެ.
އިތުރަށް ވިދާޅުވީ ތިމާ ނިސްބަތްވާ ޕާޓީގެ ފަރާތުން ކުރިމަތިލި ނަމަވެސް، ޒިންމާ އަދާ ނުކުރެއްވޭނަމަ، ރައްޔިތުން އެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނެކަން އިންތިޚާބުން ޔަގީން ވެފައިވާ ކަމަށެވެ.
ވޯޓުން އެނގުނީ ރައްޔިތުން ވޯޓުލާން ބޭނުންވަނީ ”ދިރިހުރި“ މީހުންނަށް ކަން: އެމްޕީ އަލީ
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ