ފަބްރިގަސް ޗެލްސީ ދޫކޮށް މޮނޮކޯއާއި ގުޅިއްޖެ

ޗެލްސީގެ މިޑްފީލްޑަރ ސެސް ފަބްރިގަސް އެ ޓިމު ދޫކޮށް މޮނާކޯއާއި ގުޅިއްޖެއެވެ.މޮނާކޯއަކީ ފެބްރިގަސްއާއި އެކު އަރސެނަލްގައި ކުޅުނު ތިއެރީ ހެންރީގެ ޓީމެކެވެ. އެ ޓިމާއި ފަބްރިގަސް ގުޅިފައިވަނީ ތިން އަހަރާއި ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ. 31 އަހަރުގެ ފެބްރިގަސް ޗެލްސީއާއި ގުޅިފައިވަނީ 2014ވަނަ އަހަރު. އޭރު އޭނާ ކުޅެމުން ދިޔައީ ބާސެލޯނާއަށް. ބާސެލޯނާއާއި ގުޅުމުގެ ކުރިން އޭނާ ވަނީ 2003ވަނަ އަހަރުން ފެށިގެން 2011ވަނަ އަހަރާއި ހަމައަށް އާސެނަލްގައި 303 މެޗެއް ކުޅެފައެވެ. ފަބްރިގަސް ބޭރުގެ މީޑިއާތަކަށް މަޢުލުމާތު ދެމުން ބުނީ އޭނާ މޮނާކޯއަށް ބަދަލުވުމަކީ ލިބޭ ޝަރަފެއްކަމަށެވެ. އަދި އެއީ ފުޓްބޯޅައިގެ ހަޔާތުގައި ފަށާ އައު ފެށުމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ. ފަބްރިގަސް ވަނީ އޭނާގެ 501 ފެނިލުމުގައި ދެ ފަހަރު ޕްރިމިއަރ ލީގާއި އަދި ދެފަހަރު އެފްއޭކަޕް އަދި ލީގް ތަށި ކާމިޔާބުކޯށްދިނުމުގައި އެހީތެރިވެފައެވެ. އޭނާ ވަނީ ޗެލްސީއާއި ވަކިވަތީ ދެރަވާކަމަށާއި އެ ކްލަބަށް އަބަދުވެސް ރަނގަޅު ގޮތް އެދޭކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ