ތިން ފަނޑިޔާރުންނަށް ނަސޭޙަތްތެރިވުމަށް ނިންމަވައިފި

ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޢަބްދުﷲ ޢަރީފާއި، އާދަމް މުޙައްމަދު ޢަބްދުﷲގެ މައްސަލަ ބެލި ކޮމެޓީން، އެ ބޭފުޅުންނަށް ނަސޭޙަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފިއެވެ.
ޖޭއެސްސީން ވިދާޅުވީ ތަޙުޤީޤު ކޮމީޓީން ނިންމެވި ގޮތުގެ ރިޕޯޓު އެކޮމިޝަނުން މިއަދު ވަނީ ބަލައިގެންފައި ކަމަށެވެ. އަދި ޖަވާބުދާރީވުމަށް މާދަމާއިން ފެށިގެން 30 ދުވަހުގެ މުއްދަތެއް އެބޭފުޅުންނަށް ދެއްވުމަށް ޖޭއެސްސީން ވަނީ ނިންމަވައިފައެވެ.
މި ރިޕޯޓަކީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ނުނިމި އާދަޔާ ޚިލާފަށް ލަސްވަމުންދާ މައްސަލަ ބެއްލެވުމަށްފަހު ތަޙުޤީޤު ކޮމިޓީން އެކުލަވާލެއްވި ރިޕޯޓެކެވެ. އެ ރިޕޯޓުވަނީ ރައީސް އިބްރާހީމް ޞާލިޙަށާއި، ރައްޔިތުންގެ މަޖިލީހާއި، ކޯޓު ތަކާއި، ތަންފީޒީ އިދާރާތަކާ ޙިއްސާ ކުރައްވަން ނިންމަވައިފައެވެ. މިއަދު ހުށަހެޅި ރިޕޯޓަކީ ކުރިމިނަލްކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ބެހޭ ރިޕޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ