އެއް ފަނޑިޔާރަކު ކުރާ މަސައްކަތަށް އަނެއް ފަނޑިޔާރަކު ނުފޫޒު ފޯރުވައިގެން ނުވާނެ: ނަޝީދު

އެއްވެސް ފަނޑިޔާރަކު ކުރާ މަސައްކަތަކަށް އަނެއް ފަނޑިޔާރަކު ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) އިއްޔެ ސުޕްރީމް ކޯޓުގެ ފަނޑިޔާރާއި އެ ކޯޓުގެ އިތުރު ދެ ފަނޑިޔާރަކަށް ނަސޭހަތް ދިނުމަށް ނިންމުމާއި ގުޅިގެން މިއަދުގެ ރައްޔިތުން މަޖިލިސް ފައްޓަވައި ދެއްވަމުން ނަޝީދު ވިދާޅުވީ އެއް ފަނޑިޔާރަކު ކަމެއް ނިންމަވަމުން ގެންދަވަނިކޮށް އެކަމުގެ ތެރެއަށް އެހެން ފަނޑިޔާރަކަށް ވަދެވަޑައިއެއް ނުގަނެވޭނެ ކަމަށެވެ.
"އެހެންކަމުން ޖޭއެސްސީން މިދެންނެވި ހަމަ އަލުން އަނބުރާ އިޢާދަކުރުމަށް ނިންމައި ސުޕްރީމް ކޯޓްގެ ފަނޑީޔާރުންނަށް ނަސޭހަތްތެރިވުމަށް އެ ކޮމިޝަނުން ނިންމައި އެކޮމިޝަނުން ވަނީ އެކަމުގެ ރިޕޯޓް ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރުންނަށް ފޮނުވާފައި." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކޮންމެ ރައްޔިތަކަށްވެސް ކުށުގެ ތުހުމަތުން ބަރީޢަވުމަށްޓަކައި ތިން ފުރުޞަތު އަސާސީ ހައްގުތަކުގެ ތެރޭއިން ދީފައިވާކަމަމަށެވެ. އެއީ ދަށުކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުކަން ނަޝީދު ފާހަގަކުރެއްވިއެވެ. ރައީސް ނަޝިދު ވިދާޅުވީ، ދަށުކޯޓްގައި އޮތް މައްސަލައެއް ސުޕްރީމް ކޯޓަށް ގެންދިއުމަކީ ޤާނޫނު އަސާސީއާއި ހިލާފު ކަމެއް ކަމަށެވެ. ޖޭއެސްސީން އިއްޔެ އިޔާދަކޮށްދިނީ ޤާނޫނު އަސާސީގައި ގެއްލިފައިވާ މުހިންމު އުސޫލެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޤާނޫނު އަސާސީ ފާސްކުރިއިރު ޤާނޫނު އަސާސީގައި އޮންނަން ބޭނުންވި ސިފަ ގެއްލިގެންދާ ދިއުމަށް ޖޭއެސްސީން ކަންބޮޑުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ޤާނޫނު އަސާސީގެ އެންމެހާ އުސޫލްތައް އަލުން އަނބުރާ އިޔާދަކުރުމަށް ކުރާ މަސައްކަތް ޖޭއެސްސީން ކުރަމުން އަންނަކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.
ޖޭއެސްސީން ނަސޭހަތްތެރިވުމަށް އިއްޔެ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފާއި އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އަށެވެ. މި ފަނޑިޔާރުންނަށް ނަސޭހާތްތެރިވާން ޖޭއެސްސީން ނިންމާފައިވަނީ އެ ފަނޑިޔާރުންނާއި ގުޅޭގޮތުން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އަމިއްލަ ފަރާތަކުން ހުށަހެޅި ޝަކުވާއެއް އެކޮމިޝަނުގެ ކޮމެޓީއަކުން ތަޙްޤީގުކުރުމަށްފަހު، ކޮމިޓީގެ ތަޙުޤީޤު ނިމުނުގޮތުގެ ރިޕޯޓު ކޮމިޝަނުގެ ޖަލްސާއަށް ބަލައިގަތުމަށްފަހުއެވެ.
އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ނިންމި މައްސަލައަކީ ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފްގެ މައްޗަށް ސާބިތުވި ދަރަނީގެ މައްސަލާގެ ލިޔެލިއުންތައް ސުޕްރީމް ކޯޓުން ނެގި މައްސަލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ