ލަންކާގައި ދިން ބޮމުގެ ހަމަލާތައް ރައީސް ޔާމީން ކުށްވެރި ކުރައްވައިފި

ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތައް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކުށްވެރި ކުރައްވައިފިއެވެ.ރައީސް ޔާމީން ވަނީ، ލަންކާގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދު ކުރައްވާފައެވެ. އަދި ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި ސާބިތު ކަމާއެކު ދެމިހުންނަވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން 207 މީހުން މަރުވެފައިވާއިރު، އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ. ލަންކާ ފުލުހުން މިހާރު ވަނީ އެކަމުގައި ޝާމިލްވާ ކަމަށް ތުހުމަތު ކުރެވޭ ތިން މީހުން ހައްޔަރުކޮށްފައެވެ. ލަންކާގައި ދިން ހަމަލާތަކާއި ގުޅިގެން ބޭރު ގައުމުތަކަށް ނިސްބަތްވާ 30އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެހެންނަމަވެސް އެމީހުން ނިސްބަތްވަނީ ކޮންކޮން ޤައުމުތަކަށް ކަމެއް ސާފެއް ނުވެއެވެ. ޗައިނާގެ ނޫހަކުން ވަނީ، ބޮމުގެ ހަމަލާތަކުގައި އެޤައުމަށް ނިސްބަތްވާ މީހަކު މަރުވެފައި ކަމަށް ބުނެފައެވެ. އަދި ޗައިނާގެ 4 މީހަކަށް ޒަހަމްތައް ލިބިގެން ފަރުވާ ދެމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.ލަންކާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ދެހިވަލައަށްވެސް ބޮމުގެ ހަމަލާއެއް ދީފައިވާއިރު، އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާ ކަމަށް ލަންކާ އެމްބަސީން ހާމަކުރެއެވެ.
ރައީސް ޔާމީން
ސްރީލަންކާ
ފަތޯނާ ފާއިޒް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ލަންކާގައި ދިން ބޮމުގެ ހަމަލާތައް ރައީސް ޔާމީން ކުށްވެރި ކުރައްވައިފި
24 މިނެޓް ކުރިން
ލަންކާގައި ކާފިޔު އިއުލާންކޮށްފި
3 ގަޑި ކުރިން
ލަންކާގައި އިތުރު ބޮމުގެ ހަަމަލާތަކެއް، 200އަށްވުރެ ގިނަ މަރު!
3 ގަޑި ކުރިން
ލަންކާއަށް ދިން ހަމަލާތަކުގައި އައިއެސްގެ އަތެއްވާ ކަމަށް ތުހުމަތު ކޮށްފި
4 ގަޑި ކުރިން
ލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގައި 138 މަރު!
4 ގަޑި ކުރިން
ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް ރައީސް ސޯލިހު އިންޑިއާއަށް
6 ގަޑި ކުރިން
ލަންކާއަށް ދިން ހަމަލާތަކުގައި އައިއެސްގެ އަތެއްވާ ކަމަށް ތުހުމަތު ކޮށްފި
4 ގަޑި ކުރިން
ލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގައި 138 މަރު!
4 ގަޑި ކުރިން
ލަންކާގައި އިތުރު ބޮމުގެ ހަަމަލާތަކެއް، 200އަށްވުރެ ގިނަ މަރު!
3 ގަޑި ކުރިން
ލަންކާގައި ދިން ބޮމުގެ ހަމަލާތައް ރައީސް ޔާމީން ކުށްވެރި ކުރައްވައިފި
24 މިނެޓް ކުރިން
ލަންކާގައި ކާފިޔު އިއުލާންކޮށްފި
3 ގަޑި ކުރިން
ޕީއެންސީގެ ކޮންގްރެސް އަންނަ ހުކުރު ދުވަހު
7 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ