އެމްޑީޕީއަކީ ވަރުގަދަ ޕާޓީއެއްކަން އިދިކޮޅު ފަރާތްތަކަށް ނޭނގޭ، އެކަމާއި ހައިރާންވޭ - ފައްޔާޒް

އެމްޑީޕީއަކީވަރުގަދަ ޕާޓީއެއްކަން އިދިކޮޅު ފަރާތްތަކަށް ނޭނގޭ ކަމަށާއި، އެކަމާ ހައިރާންވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވެފައި ވަނީ، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އެމްޑީޕީގެ އެތެރެއިން މަސައްކަތް ފަށައި، އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ފައްޔާޒު ވިދާޅުވީ، އެމްޑީޕީ މެންބަރުންގެ ތެރޭގައި ހިޔާލު ތަފާތުވާ ކަންކަން އަބަދުވެސް ހުންނަ ކަމަށެވެ. އަދި އެކަމުގެ ތެރެއިން ދެވޭ ހަމަލާތައް އެ ޕާޓީގެ މެންބަރުން ހިތު އަޅައިގެން ނޫޅޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެމްޑީޕީއަކީ ތަފާތު ފިކުރުތަކާއި އެކު ކުރިއަށްދާ ވަރުގަދަ ޕާޓީއެއްކަން އެ ފަރާތްތަކަށް /އިދިކޮޅު ފަރާތްތަކަށް/ނޭނގޭތީ އެކަމާ ހައިރާންވަން". ފައްޔާޒްގެ ޓްވީޓުގައި ވެއެވެ.
ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދައި، އެކަމުގައި އެންމެ އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދެވެ.
އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވާހަަކަތައް ފެންމަތިވިފަހުން، ރައީސް ނަޝިދު އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެްގައި އެމަނިކުފާނު ވިދާޅުވީ، ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވުމުގައި އެމަނިކުފާނު ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އެ މައްސަލައިގައި ސޮއި ކުރެއްވި މަޖިލިސް މެމްބަރުންނާ ދިމާ ނުކުރުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ.
"ފައްޔާޒުގެ އިތުބާރު ނެތް 30 މެމްބަރުން ސޮއި ކުރިކަމަށް ބުނުމުން ދެން ދިމާ ކުރަންވީ އެ މެމްބަރުންނަކާއި ނޫން. އަޅުގަނޑުވެސް މި ނުކުތީ." ރައިސް ނަޝީދުގެ މެސެޖްގައި ވިދާޅުވިއެވެ.
ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓްގެ އެންމެ ނުފޫޒު ގަދަ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަޒީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ