ކުރީގެ ރައީސް ނަޝީދުގެ ވެބްސައިޓާއި ކުލަ ޔެލޯ ވެބްސައިޓް އިފްތިތާހުކޮށްފި

ކުރީގެ ރައީސް މުހައްމަދް ނަޝީދް ގެ ވެބްސައިޓާއި އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތްތަކުގެ މައުލޫމާތު ގެނެސްދެމުންދާ މަޝްހޫރު ޕޭޖްއެއް ކަމަށްވާ ކުލަ ޔެލޯގެ ވެބްސައިޓް އިފްތިތާހްކޮށްފި އެވެ.
މިރޭ އުސްފަސްގަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ނަޝީދް ޑޮޓް ކޮމް އިފްތިތާޙް ކޮށްދެއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދް ރަޝީދް އެވެ.  އަދި ކުލަޔެލޯ ޑޮޓް ނެޓް ވެބްސައިޓް އިފްތިތާޙް ކޮށްދެއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު  އިބްރާހިމް ރަޝީދް (ބޮންޑާ) އެވެ.
މި ދެ ވެބްސައިޓް ވެސް ފަރުމާ ކުރެވިފައި ވަނީ ފޮޓޯ، ވީޑިއޯ، ޕޯލް އަދި ޙަބަރުތަށް ގެނެސް ދެވޭ ގޮތަށް އިނގިރޭސި ބަހުންނެވެ. މިރޭ އިފްތިތާޙް ކުރެވިގެން ދިޔަ ވެބްސައިޓްތައް ބޮޑަށް އަމާޒު ކުރެވިފައި ވަނީ ވެރިކަން ބަދަލު ވި ފަހުން ހިނގާފައިވާ ކަންތަކަށެވެ.
ކުރީގެ ރައީސް މުހައްމަދް ނަޝީދް މިރޭގެ ޖަލްސާ އަށް ވަޑައިގަންނަވާނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް ކޮމަންވެލްތު ގެ ބައްދަލުވުމަކަށް ވަޑައިގަންނަން ޖެހުމުގެ ސަބަބުން އެމަނިކުފާނު ވަޑައެއް ނުގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ