އިންތިހާބުތެރޭ ވައުދުވިގޮތަށް ގދ.ގަން ގދ.ގައްދޫ ކައުންސިލާއި ހަވާލުކޮށްދިނުމަށް އެދި ރައީސަށް ސިޓީއެއް

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ތެރޭގައި ވައުދުވި ގޮތަށް ގދ.ގަން، އެ އަތޮޅު ގައްދޫ ކައުންސިލާއި ހަވާލުކޮށްދިނުމަށް އެދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު ސިޓީއެއް ފޮނުވައްވައިިފިއެވެ.މެމްބަރު ޒާހިރު މިއަދު ޓުވިޓާގައި އާންމު ކުރެއްވި މި ސިޓީގައި ވަނީ، 2018 ވަނަ އަހަރު ރައީސް ސޯލިހް ގަން، ގައްދޫ ކައުންސިލާއި ހަވާލު ކުރައްވާނެ ކަމަށް ވި ވައުދު ފުއްދިފައި ނުވާކަން ހަނދާންކޮށްދެއްވާފައެވެ. އަދި ރައީސް ސޯލިހް ވެރިކަމާއި ހަވާލުވުމުން، އެ ރަށު ކައުންސިލުން، ސިޓީއަކުން ގަން، ހަވާލުކޮށްދިނުމަށް އެދުމުން، ރައީސް ވަނީ ލާމަރުކަޒީ ޤާނޫނުގެ ތެރެއިން ގަން، ގައްދޫ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނިގެން ދާނެކަމަށް ވިދާޅުވެފައިކަން އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.ނަމަވެސް ޒާހިރު ވިދާޅުވެފައިވާ ގޮތުގައި، އެ ޤާނޫނުގެ ދަށުން ގަމުން، ގައްދޫ ކައުންސިލްގެ އިހްތިސާސް ގެ ތެރޭގައި ހިމެނިފައިވަނީ ވަރަށް ކުޑަ މިންވަރެކެވެ. އަދި މިހާރު އެ ބައިވެސް އުނިކޮށް ގަމަކީ އެއްވެސް ވަރަކަށް ގައްދޫ ކައުންސިލްގެ އިހްތިސާސު ނުހިނގާ ތަނެއްގެ ގޮތުގައި ވެފައިވާކަމަށް ޒާހިރު ވިދާޅުވެފައިވެއެވެ. ޒާހިރު ވަނީ އެހެންކަމުން، ރައީސް ސޯލިހްގެ އިންތިހާބީ ވައުދާއި އެއްގޮތަށް ގަން، ގައްދޫ ކައުންސިލާއި ހަވާލުކޮށްދިނުމަށް އެދިފައެވެ. ރައީސް ސޯލިހް ވަނީ އިންތިހާބުގެ ތެރޭގައި ވަރަށް ގިނަ ވައުދުތައް ވެވަޑައިގެންފައެވެ. ބައެއް ރަށްރަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުން ބުނާ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ