މިރާގެ ހުޅުމާލޭ އޮފީސް ފަޅާލައި ވައްކަން ކޮށްފި

ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލައި އެތަނުން ވައްކަންކޮށްފި އެވެ. ފުލުހުން މިއަދު ބުނީ ހުޅުމާލޭގައި ހުންނަ މީރާގެ އޮފީސް ފަޅާލައި ވައްކަންކޮށްފައިވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 8:00 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެތަނުގައި އަދިވެސް ފުލުހުން ހަރަކާތްތެރިވަމުންދާތީ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ. މީރާގެ މީޑިއާ އޮފިޝަލަކުވެސް "ސަން"އަށް ވިދާޅުވީ، ފުލުހުން އެ މައްސަލަ ބަލަމުން ގެންދާތީ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ދެވެން ނެތް ކަމަށެވެ. އެހެންކަމުން އެ އޮފީހުން ވައްކަން ކުރުމުގެ ސަބަބުން ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ނޭނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ