އަންނަ މަހުން ފެށިގެން ކޮޗިންއަށް މޯލްޑިވިއަންގެ ދަތުރުތައް އަލުން ފަށަނީ

ކޮވިޑް-19 އާއި ގުޅިގެން މޯލްޑިވިއަންގެ ދަތުރުތައް ހުއްޓިފައި އޮތުމަށްފަހު އަނެއްކާވެސް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ޤަޢުމީ އެއާލައިނުން އެކަން ހާމަކޮށް ކޮށްފައިވާ ޓްވީޓެއްގއި ބުނެފައިވަނީ ފެބްރުއަރީ 1އިން ފެށިގެން ކޮޗިންއަށް މޯލްޑިވިއަންއިން ޝެޑިއުލް ދަތުރުތައް އަލުން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ފަށާއިރު ކުރިއެކޭވެސް އެއްގޮތައް ހަފުތާއަކު 3 ދަތުރުކުރުމަށް ހަމަޖެހިފައިވެއެވެ.
މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު،ކޮޗިންއަށްކުރާ ދަތުރުތައް ކުރާނީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކަމަށް މޯލްޑިވިއަނުން ވަނީ ހާމަކޮށްފައެވެ.
މިދަތުރުތަކުގައި 30 ކިލޯގެ ފްރީ ބެގޭޖް އެލަވެންސް ލިބޭނެކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ. ބުކިން ހެދުމަށް މޯލްޑިވިއަންގެ އޮފީހަށް ގުޅައިގެން ނުވަތަ ވައިބަރގެ ކިއުއާރް ސްކޭންކޮށްގެން ހަމަޖެއްސޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ