އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދާއި ޔާމީން

ރިޔާސީ އިންތިހާބުގެ ވޯޓް މިހާރު ވަނީ ގާތްގަނޑަކަށް ގުނާ ނިމިފައި މިހާތަނަށް ބޮޑުބައެއް ގުނާ ނިމުނު އިރު ރައީސް މުހައްމަދު ނަޝީދު ވަނީ ކުރި ހޯއްދަވާފައި. ދެވަނައަށް ވާދަ ކުރައްވަނީ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން. އަދި ތިން ވަނައަށް ރިޔާސީ ކެންޑިޑެޓް ގާސިމް އިބްރާހީމް. މި ނަތީޖާއަށް ބަލާއިރު މިހާރު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭނެ މިހާރު ވަނީ ކަށަވަރުވެފައި.
ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލްގެ ޕްރެސް ކޮންފަރެންސެއް ތައްޔާރުވެފައި.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ އެންމެ ވޯޓް ފޮއްޓެއް ފިޔަވައި އެހެން ހުރިހާ ވޯޓް ފޮއްޓެއްގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފައިވާއިރު އިންތިހާބުގެ ދެވަނަ ބުރެއް ކަށަވަރުވެ ދެވަނަ ބުރުގައި ރައީސް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ އަބްދުﷲ ޔާމީން ވާދަ ކުރައްވަން ޖެހިވަޑައިގެންފި އެވެ.
މިހާތަނަށް އިއުލާން ކުރި 474 ފޮށީގެ ނަތީޖާއަށް ބަލާއިރު އެންމެ ގިނަ ވޯޓު ލިބިވަޑައިގެންފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދަށެވެ. އެމަނިކުފާނަށް ދެ ވަނައަށް އަށް އެންމެ ގިނަ ވޯޓް ހޯއްދަވާފައި ވަނީ އަބްދުﷲ ޔާމީނެވެ. ތިންވަނަ ގާސިމް އިބްރާހީމެވެ. ނަތީޖާ އިއުލާންކޮށްފައި ނުވަނީ ލަންޑަންގައި ބެހެއްޓި ވޯޓް ފޮށީގެ ނަތީޖާ އެވެ.
ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ތާއީދު ކުރައްވާ އެމަނިކުފާނާއެކު މަސައްކަތް ކުރެއްވި އުމަރު ނަސީރު ވެސް ވަނީ ޕީޕީއެމަށް މަރުހާބާ ވިދާޅުވެ، ޕީޕީއެމް އާއި ޖޭޕީގެ ކޯލިޝަނަކުން ރައީސް ނަޝީދު ބަލި ކުރެވޭނެ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައި.
ރައީސް މުހައްމަދު ނަޝީދު ވަނީ ޕީޕީއެމަށް މަރުހަބާ ވިދާޅުވެ މާދަމާ ޕީޕީއެމްއާ ވާދަ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައި.
ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ތިން ކެންޑިޑޭޓުންގެ ތެރެއިން އެއް ވެސް ބޭފުޅަކަށް ވޯޓްގެ 51 ޕަސެންޓް ލިބިވަޑައި ނުގަތުމުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މާދަމާ ބާއްވާ ގޮތަށް އޮތް އޮތުމަށް ބަދަލެއް އައިސްފައި ނުވާ ކަމަށް އިލެކްޝަނުން ބުނެފި. އިލެކްޝަނުން އެހެން ބުނީ އިރު ރިޔާސީ އިންތިހާބު ދެ ވަނަ ބުރަކަށް ގޮސް މާދަމާ ވޯޓުލާނަމަ ބައެއް ފަރާތްތަކުގެ އިންތިހާބީ ހައްގުތަކެއް ގެއްލޭ ކަމަށް ބުނެ ދެ ވަނަ ބުރު ފަސް ކުރަން އެދި ސުޕްރީމް ކޯޓުގައި ވަނީ އަމިއްލަ ފަރާތަކުން އެދިފަ. މި މައްސަލައިގައި ސުޕްރީމްކޯޓަށް ސިޓީއެއް ފޮނުވީ ސ. ހިތަދޫ ލާމިގޭ، މޫސާ އަންވަރު. އޭނާގެ ސިޓީގައި އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވަން ޖެހި މާދަމާ އެ ވޯޓް ނަގާނަމަ ދެ ވަނަ ބުރަށް އަލުން ރަޖިސްޓްރީކުރަން ދިން ތިން ގަޑިއިރުގެ ވަގުތު ކުޑަކަމުން އެތައް ބަޔަކަށް ވަނީ ވޯޓު ލުމުގެ ހައްގު ގެއްލިފައި ކަމަށާއި އަދި އިންތިހާބާ ބެހޭ ގާނޫނުތަކުގައި ބުނާ ގޮތަށް ދެ ވަނަ ބުރަށް ކެމްޕޭން ކުރުމުގެ ހައްގު ޕާޓީތަކަށް ގެއްލޭ ކަމަށާއި އެގޮތަށް މާދަމާ އިންތިހާބު ބާއްވައިފި ނަމަ ތިން ވަނަ އަށް ދާ ކެންޑިޑޭޓަކަށް ދެ ވަނަ އަށް ދާ ކެންޑިޑޭޓަކާ އެންޑޯޒް ކުރުމަށް ވެސް ފުރުސަތު ނުލިބޭ ކަމަށް. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނީ މާދަމާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ކޮމިޝަނުން ނިންމާފައިވާ ނިންމުމަށް އަދި އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި ކުރިން ވެސް އޮތް ގޮތަށް މާދަމާ ދެވަނަ ބުރު ބާއްވާނެ ކަމަށް. މާދަމާ ދެވަނަ ބުރެއް ބާއްވާއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައި ސޮއި ކުރުމާ ބެހޭ ގޮތުން ޕީޕީއެމުން ވަނީ ސުވާލު އުފައްދާފަ ސޮއި ކުރުން މަޑު ޖައްސާލާފަ.
ރިޔާސީ އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ނިމި، ގިނަ ފޮށީގެ ނަތީޖާ އިޢުލާނުކޮށް ފޮށިތަށް އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މައި މަރުކަޒު، ދަރުބާރުގެއަށް ޖަމާކުރަމުން ދިޔަ ނަމަވެސް އިންތިޚާބުގެ ފައިނަލް ނަތީޖާ ނެރެވެން އަންނަނީ މިރޭ 22:00ގެ ފަހުން. އިނގިރޭސި ވިލާތުގެ ލަންޑަންގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 367 މީހުން ތިބިއިރު، އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ ލަންޑަނުގައި ބެހެއްޓިފައިވާ ވޯޓުފޮށްޓަށް ލަންޑަން ގަޑިން 17:00 ގައި ކަމަށް. ރާއްޖޭ ގަޑިން ބަލާނަމަ އެއީ 22:00 ގައި. ރާއްޖޭގެ ހުރިހާ ފޮއްޓެއްގެ ވޯޓުލުންވެސް ވަނީ ނިމިފައި.
ރިޔާސީ އިންތިހާބުގެ ވޯޓުގެ ބޮޑު ބައެއް މިހާތަނަށް ވަނީ ގުނާ ނިމިފައި. މިހާތަނަށް ގުނި ވޯޓްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ކުރީގައި އުޅުއްވާއިރު ދެވަނައަށް ވާދަކުރައްވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން، އަދި ދެން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިހާރު އޮތް ނަތީޖާއާ ނުގުނާ ހުރި ފޮށީގެ އަދަދަށް ބަލާއިރު އިންތިހާބުގެ ދެވަނަ ބުރެއް ވަނީ ގާތްގަނޑަކަށް ކަށަވަރުވެފައި.
މިހާތަނަށް އިއުލާންކޮށްފައި ވަނީ ޖުމްލަ 475 ވޯޓު ފޮށީގެ ތެރެއިން 175 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އެންމެ ކުރީގައި އުޅެނީ 44.4 ޕަސެންޓާއެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު. ދެވަނާގައި އުޅެނީ 30.6 ޕަސެންޓާއެކު ޕީޕީއެމްގެ ރިޔާސި ކެންޑިޑޭޓް އަބްދުﷲ ޔާމީން. ތިންވަނާގައި އުޅެނީ 25.0 ޕަސެންޓާއެކު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް
ކުރުނބާ މޯލްޑިވްސް Z17.1.1 ފޮށީގެ ނަތީޖާ
ޖުމްލަ 475 ފޮށީގެ ތެރެއިން 115 ފޮށީގެ ވަގުތީ ނަތީޖާ
ބައެއް މަރުކަޒުތަކުގައި މިހާރު ވަނީ ވޯޓް ގުނަން ފަށާފައި.
ވޯޓު ލުމަށް ކަނޑައަޅައިފައިވާ ވަގުތު 3:30 އަށް ހަމަވި ނަމަވެސް ބައެއް މަރުކަޒުތަކުގައި އަދިވެސް ވޯޓްލާ މީހުންގެ ކިޔުތައް އެބަ އޮތް. ބަންދު ކުރި ވޯޓު ފޮށިތައް ގުނަން ފަށާނީ 4:00 ގެ ފަހުން.
ކިއު ބަންދު ކުރަން ފެށިއިރު ބައެއް ފޮށިތައްވެސް ބަންދު ކުރުމުގެ ތައްޔާރީތައް ދަނީ ވަމުން، އަދި ބައެއް ފޮށި ކައިރީގައި ދިގު ކިއުއެއް އެބަ އޮތް
ބައެއް ރަށްރަށުގައި ވެސް ވަގުތު ޖެހުމާއެކު މިހާރު ވަނީ ވޯޓްލުން ބަންދުކޮށްފައި.
ބައެއް ވޯޓްލުމުގެ މަރުކަޒުގައިވޯޓް ފޮށިތައް ބަންދު ކުރަން ފަށައިފި
ޖުމްހޫރީ ގުޅުމުގެ ފަރާތުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓްގެ ތަރުޖަމާން އިބްރާހީމް ހަލީލް ވިދާޅުވީ އިލެކްޝަނުން ދައްކަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަތަކަކެއް ކަމަށާއި ފެށުނީއްސުރެ އެ ކޮމިޝަނުން ދައްކަމުންދަނީ ދެކޮޅު ނުޖެހޭ ވާހަކަތައް ކަމަށް.
ވޯޓުލުން ކުރިއަށް ދަނިކޮށް ޕްރެސް އެއް ބާއްވާ ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓްގެ އިންތިޚާބީ ހައްގަށް ހުރަސް އަޅާފައިވާ ކަމަށާއި އިލެކްޝަންސް އިން ކަންތައް ކުރާ ގޮތުން ޖުމްހޫރީ ގުޅުމުން ކަންބޮޑުވާކަމަށް ޖުމްހޫރީ ގުޅުމުން ބުނޭ
ޕީޕީއެމް އިން ބުނަނީ އިލެކްޝަންސް އިން ހަދަނީ ދޮގުކަމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓްގެ އިންތިޚާބީ އޭޖެންޓް އަބްދުﷲ އަމީން ވިދާޅުވީ އިލެކްޝަންސް އިން ހައްދަވަނީ "ކަނޑައެޅިގެން އިތުރުފުޅެއް" ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ކަންތައް ކުރައްވަނީ އޮޅުން އަރާގޮތަށް ކަމަށް.
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ޕްރެސް ކޮންފަރެންސް :
ވޯޓުލުން ފެށުނީ އަމާންކަމާ އެކު. 80 ޕަސެންޓަށް ވުރެ ގިނަ މަރުކަޒުތަކުގައި ވޯޓުލާން ފަށާފައިވަނީ ގަޑި ޖެހުނުތާ 10 މިނެޓް ތެރޭގައި، އިންތިހާބުގެ ކަންކަމަށް އިލެކްޝަންސް ކޮމިޝަނާއި އިދާރާތަކުން ތައްޔާރުވެފައިވާ ގޮތާ މެދު ހިތްހަމަޖެހޭ، ވޯޓްލާން ފެށުމުގެ ކުރިން ހުރިހާ ވޯޓް ފޮއްޓެއްވެސް ހުސްކަން ކަށަވަރު ކުރިން، 5.4 އިންސައްތަ ފޮށީގައި އެއްވެސް ކެންޑިޑޭޓުން މަންދޫބުން ހަރަކާތްތެރި ނުވޭ.
ވޯޓު ލުމުގެ ސުންގަޑި 1 ގަޑިއިރަށްވުރެ މަދުވެފައިވާއިރު ކިޔުތަކުގައި މާލޭގެ ގިނަ ކިޔުތަކުގައި މީހުންގެ އަދަދު ގިނަ
ބީޕީއާރް ސިސްޓަމް ބޭނުން ނުކުރާތީ ވޯޓް ލަމުންދާ މީހުންގެ އަދަދު އަދި ސާފު ނުވާ ކަމަށް އީސީގެ މެންބަރު މަނިކު ވިދާޅުވެއްޖެ
ރިޔާސީ އިންތިހާބުގެ ކެމްޕޭން އިއްޔެ ނިންމަން އަންގާފައިވާ ގަޑި ހަވީރު 6:00 ގެ ފަހުން ކެމްޕޭން ނިންމި ނަމަވެސް ހަތަރު ޓީވީ ޗެނަލަކުން ދަރުސެއް ފޮނުވި މައްސަލަ ޝަކުވާގެ ގޮތުގައި ލިބުނު: މަނިކު
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކެންޑިޑޭޓުން ސޮއިކުރައްވަންޖެހޭ ލިސްޓްގައި ބައެއް ކެންޑިޑޭޓުންގެ ފަރާތްޕުޅުން ސޮއި ނުކުރައްވާ ކަމަށް ވިދާޅުވި ނަމަވެސް އެއީ އެންޓި ކެމްޕޭން ކުރުން ނޫން ކަމަށާއި، އެއީ ހާމަކުރަންޖެހޭ ހަގީގަތްތަކަކަށްވާތީ ހާމަކުރާ މައުލޫމާތު ތަކެއް ކަމަށް އީސީގެ މެންބަރު މަނިކު ވިދާޅުވެއްޖެ
މިއަދާ އަދި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބަށް 25-30 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ: ފުވާދު
ހއ. ބާރަށު އެއް ނަމްބަރު ވޯޓް ފޮއްޓަށް ވޯޓުލުމަށް ގޮސްތިބި ދެ މީހަކު ވޯޓް ކަރުދާސް ދެއްކުމުން ފޮޓޯ ނަގާފައިވާކަމަށް ވޯޓު ފޮށީގެ ވެރިޔާ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެކަން ފުލުހުން ބަލަން ފަށައިފި ކަމަށް ފުލުހުން ބުނޭ
އއ. އުކުޅަހުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު އެއްމެންނަށް ފެންނަގޮތަށް ދެއްކުމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން ފުލުހުންނަށް އެކަން އެންގުމުން އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
މެލޭޝިއާގައި ބަހައްޓާފައިހުރި ވޯޓު ފޮށްޓަށް ވޯޓު ލުމަށް 1317 މީހުން ރަޖިސްޓްރީކޮށްފައި ވާއިރު މިހާތަނަށް އެ ފޮށްޓަށް 615 މީހުން ވޯޓް ލާފައިވޭ
އަޅުގަނޑު ނުދެކެން ދެން ރާއްޖޭގައި ރިޔާސީ އިންތިހާބެއްވެސް އަދި އެހެން އިންތިހާބެއްވެސް ބޭއްވިދާނެ ކަމަކަށް: ފުއާދު
މާދަމާ އިންތިހާބު ބޭއްވޭނެކަން ޔަގީންކުރެވޭނީ ކެބިނެޓް ސެކްރެޓަރީ ނަޒީރާއި ޑިފެންސް މިނިސްޓަރު ނާޒިމަށް އީސީން ދެންނެވި ކަންކަމަށް ލިބޭ ޖަވާބަކުން ކަމަށް ފުވާދު ވިދާޅުވެއްޖެ
ފޭދޫ މީހުން ވޯޓުލުމަށް އެރަށު ފޭދޫ ސްކޫލުގައި ބަހައްޓާފައިހުރި ފަސް ފޮށްޓަށް ވޯޓުލުމަށް 2626 މީހުން ރަޖިސްޓްރީކޮށްފައިވާއިރު އެ ފޮށްޓަށް 1364 މީހުން މިހާތަނަށް ވޯޓްލާފައިވޭ
ވޯޓާސް ލިސްޓްގައި ނަން އޮވެ ކުދިކުދި މައްސަލަ ހުރެގެން ވޯޓް ނުލެވޭ ފަރާތްތަކަށް ވޯޓް ލެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ހުރިހާ ވޯޓްލާ މަރުކަޒަކަށް ސާކިއުލާއެއް ފޮނުވާފައިވާ ކަމަށް އީސީގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވެއްޖެ. ވޯޓް ލުމުގައި ބައެއް ސަރަހައްދު ތަކުގައި ރައްޔިތުންނަށް މައްސަލަތަކެއް ކުރިމަތިވާ ކަމަށް މަނިކު ވިދާޅުވި
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މާއްދާ ބޭއްވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެ. ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ފުވާދު ވިދާޅުވީ ދެވަނަ ބުރުން ކެންޑިޑޭޓުން ސޮއިކުރައްވަން ޖެހޭ ލިސްޓް ގައި ބައެއް ކެންޑިޑޭޓުން އަދިވެސް ސޮއިކުރައްވާފައި ނުވާ ކަމަށް.
އާބާދީ ބޮޑެތި ސަރަހައްދުތައް ކަމުގައިވާ ކުޅުދުއްފުށި، ތިނަދޫ އަދި އައްޑޫ ސިޓީގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ވޯޓް ލައިފި
ކެންޑިޑޭޓުންނަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ކެމްޕޭން ކުރަމުންދާ މައްސަލަތައް ލިބެމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި
ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވޯޓް ލައްވަނީ
ތިނަދޫގައި ވޯޓުލުން އޮމާންކަމާއެކު ކުރިއަށްދާއިރު މިހާތަނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 3/1 މީހުން ވަނީ ވޯޓުލާފައި
މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައި ހުރި އެސް.ޓީ 0.3 ވޯޓް ފޮއްޓަށް ވޯޓުލުމަށްފަހު ބައެއް މީހުން އެތެރޭގައި ތިބުމުން ވޯޓް ފޮށީގެ ވެރިޔާ އެމީހުން ބޭރުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދުމުން ބަޔަކު ނެރެފި
އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވޯޓް ލުމުގައި ބައެއް ސަރަހައްދު ތަކުގައި ކިއު ޖެހިގެން ވޯޓް ލާން ޖަހާއިރު އެހެން ބައެއް ސަރަހައްދު ތަކުގައި ކިއޫ ނުޖެހި ވޯޓް ލެވޭ މައްސަލައިގައި އޮބްޒާވަރުންނާއި، މޮނީޓަރުން ކަންބޮޑުވުން ފާޅުކުރަމުން އެބަދޭ
އާއިލާގެ ބައެއް ބޭފުޅުންގެ ނަން ނުބައި އެޑްރެހެއްގައި އޮތުމުން ވޯޓް ނުލެވިގެން ކޮމްޕްލެއިންޓްސް ބިއުރޯއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އަދާލަތު ޕާޓީއަށް ނިސްބަތްވާ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ
ވޯޓު ލުމުގެ ކަންކަން ކުރިއަށްދާ ގޮތާއި މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ. އެމަނިކުފާނު ވިދާޅުވީ ކެންޑިޑޭޓުން ސޮއި ނުކުރައްވާ ވޯޓާސް ލިސްޓް ތައް ބައެއް ސަރަހައްދުގައި ބޭއްވި ކަމަށާއި، އެއީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ހިލާފު ކަމެއްކަމަށްވާތީ އެމައްސަލަ ހައްލުކުރެވެން ޖެހޭނެ ކަމަށް. ނަމަވެސް ޔާމީންގެ ވާހަކަތައް އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު ވަނީ ދޮގުކޮށްފައި
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވޯޓް ލައްވައިފި. އެމަނިކުފާނު ވޯޓް ލެއްވީ ސީއެޗްއެސްސީގައި ހުރި ވޯޓް ފޮއްޓަކަށް
ވޯޓް ލުމަށް ރަޖިސްޓްރީވި ބައެއް މީހުންނަށް ވޯޓް ނުލެވިދާ ކަމަށާއި، އެކަންކަން ހައްލުކުރުމަށް އިލެކްޝަންސް ކޮމިޝަނާ ވާހަކަ ދެއްކި ނަމަވެސް މައްސަލަ ހައްލުނުވާ ކަމަށާއި، އެކަމާއި ކަންބޮޑުވާ ކަމަށް ޕީޕީއެމް އެމްޑީއޭ ކޯލީޝަނުން ބުނެފި. ވީނިއުސްގައި ވާހަކަ ދައްކަވަމުން އެމްޑީއޭގެ ނައިބް ރައީސް އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން މަސައްކަތް ކުރައްވަނީ ވަކި ބޭފުޅަކު ވެރިކަމަށް ގެނައުމަށް ކަމަށް.
ބަނގުރާލުގެ މައްސަލައެއްގައި މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އެމްޑީޕީގެ ފޭދޫ ދާއިރާގެ ކައުންސިލަރު އަހުމަދު މިރުޒާދު އާއި އޭނާ އާއި އެކު ހައްޔަރު ކުރި މިންތާ އަދި އަލީ ފުލުހުންގެ ބެލުމުގެ ދަށުން ވޯޓް ލާފައިވާ ކަމަށް އައްޑޫގައި ތިބޭ ފުލުހުން ބުނެފި
ގައުމީ ޔުނިވާސިޓީ ކައިރީގައި އެމްޑީޕީގެ ބަޔަކު ބަހައްޓާފައި ހުރި ދޮންކެޔޮގަނޑެއް ނެގުމަށް ފުލުހުން އަންގައިގެން އެ ދޮންކެޔޮގަނޑު ނަގައިފި.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ބާ ޖަމާލުއްދީނަށް ވޯޓުލާން ވަޑައިގެންނެވުމުން އެމަނިކުފާނަށް "ބާޣީ" އަށް ގޮވާ ހަޑި ހުތުރު ބަހުން އެމްޑީޕީގެ ބަޔަކު މުއާމަލާތް ކޮށްފައިވާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް ޕީޕީއެމުން ބުނެފި
މާލޭގައި ހުރި ހދ. އަތޮޅުގެ އެއް ނަމްބަރު ފޮއްޓަށް ވޯޓްލާން ދިޔަ މީހެއްގެ އައިޑީކާޑުގައިވާ ނަމާއި ލިސްޓުގައިވާ ނަން ދިމާނުވެގެން ވޯޓެއް ނުލެވުނު.
މައްސަލަ ޖެހުނު މަޖީދިއްޔާގެ ވޯޓް ފޮށީގެ ވޯޓް ލުން ކުރިއަށް އެބަދޭ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. މުސްތަފާ ލުތުފީ ވޯޓް ލައްވައިފި. އެމަނިކުފާނު ވޯޓް ލައްވާފައިވަނީ މަޖީދިއްޔާގައި އައްޑޫ ރައްޔިތުންނަށް ހާއްސަކޮށްފައިވާ ވޯޓް ފޮއްޓަކަށް
ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވޯޓް ލެއްވުމަށް ވަޑައިގެން ކިއޫ ގައި މަޑު ނުކުރައްވާ ވޯޓް ލެއްވުމުން އެމްޑީޕީގެ ބައެއް ފަރާތްތަކުން ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާފައި
ރައީސް ނަޝީދު އަދި ވޯޓް ލައްވާފައެއް ނުވޭ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މައްޗަށް ގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ނަޝީދު ވޯޓް ލައްވަން ވަޑައިގަންނަވާނީ ސީއެޗްއެސްސީއަށް މިއަދު 11:00 ޖަހާއިރު ކަމަށް
ފުލުހުން ހައްޔަރުކުރީ ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގައި ވޯޓުލުމަށްފަހު ވޯޓު ކަރުދާސް ދެއްކި މީހަކާއި ވޯޓު ކަރުދާސް ފޮޓޯ ނެގި މީހެއް
ޓެކްނިކަލް މައްސަލައެއް ދިމާވެގެން މަޖީދިއްޔާ ސްކޫލު ތެރޭގައި ހުރި ވޯޓް ފޮއްޓަކަށް ވޯޓްލުން މެދު ކަނޑާލައިފި.
ވޯޓް ލުމަށްފަހު ވޯޓް ކަރުދާސް ދެއްކި މީހަކާއި ވޯޓް ކަރުދާސް ފޮޓޯ ނެގި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި. ފުލުހުން ވަނީ އެކަން ކަށަވަރު ކޮށްދީފަ. ނަމަވެސް އެއީ ކޮން ސަރަހައްދެއް ކަމެއް ފުލުހުން ނުބުނޭ
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓް ލައްވައިފި
ބޮޑެތި އާބާދީތައް ހިމެނޭ ސަރަހައްދު ތަކުގައި ވޯޓްލާން ނިކުމެފައިވާ މީހުން އަދަދު މަދު
ވޯޓް ލުމުގެ ހުރިހާ ކަމެއްވެސް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންގޮސް ނިންމާލަ ދެއްވުމަށާއި އަދި ވީހާވެސް ގިނަ ރައްޔިތުން ވޯޓް ލުމުގެ ހައްގުގެ ބޭނުން ހިފުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ރައީސާ މަރިޔަމް އަޒުރާ އެދިވަޑައިގެންފި. ޓީވީއެމްއަށް ދެއްވި އިންޓަވިއުއެއްގައި އަޒުރާ ވިދާޅުވީ މާބޮޑު މައްސަލަ ތަކެއް ނެތްނަމަ އިންތިހާބު ނަތީޖާ ހުރިހާ ފަރާތްތަކަކުންވެސް ގަބޫލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް.
ވޯޓާސް ލިސްޓްގައި އެމްޑީޕީން ސޮއި ނުކޮށް އަތުމުން ޓްރިވެންޑްރަމްގައި ވޯޓް ލުން މެދުކެނޑިފައި އޮތުމަށްފަހު މިހާރު ވޯޓް ލުން ކުރިއަށް އެބަދޭ
ނ. އަތޮޅު ވެލިދޫގައި ޕީޕީއެމް އެމްޑީއޭ ކޯލީޝަނަށް ތާއީދުކުރާ ބަޔަކު އަޑުގަދަކުރާއިން ޖަހަމުންދިޔަ އެއްޗެއް ކޯޓް އަމުރެއްގެ ދަށުން ފުލުހުން ހުއްޓުވައިފި
ސީއެޗްއެސްސީގައި މައްޗަށް ގޮޅި އުތުރު ދާއިރާގެ ރައްޔިތުންނަށް ހާއްސަ ކޮށްފައި ހުރި ދެ ނަންބަރު ވޯޓް ފޮށީގެ ވޯޓް ލުން މިހާރު ފެށިގެން ދަނީ ކުރިއަށް
އިންތިހާބުގެ ހަބަރާއި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ކުރިއަށް އޮތް ދެ ދުވަހަކީ ނޫސްވެރިންނަށް ބުރަ ދެ ދުވަހަކަށް ވާނެތީވެ ނޫސްވެރިންނަށް ކިއޫގައި ނުޖެހި ވޯޓް ލެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިލްތިމާސްކޮށްފި.
ސްރީލަންކާގައި އެއްވެސް މައްސަލަ އެއް ނުޖެހި ވޯޓް ލުން ކުރިއަށް އެބަދޭ.
ސީއެޗްއެސްސީގައި މައްޗަށް ގޮޅި އުތުރު ދާއިރާގެ ރައްޔިތުންނަށް ހާއްސަ ކޮށްފައި ހުރި ދެ ނަންބަރު ވޯޓް ފޮށީގެ ވޯޓް ލުން ފެށިއްޖެ. އެކަމަކު ބައެއް މީހުން ގެންދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުން. ބޮޑަށް އުޅެނީ އިދާރީ މައްސަލަތައް
ސުޕްރީމް ކޯޓުން ބާތިލް ކުރި ސެޕްޓެމްބަރު 7 ގެ އިންތިހާބާ އަޅާބަލާއިރު، މިއަދުގެ މިހާތަނަށް ވޯޓްލާން ނިކުމެފައިވާ މީހުންގެ އަދަދު ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް މަދު.
ދ އަތޮޅު ބަނޑިދޫއަށް ގެންގޮސްފައިވާ ވޯޓް ކަރުދާސް މަދު ކަމަށް ބުނެ ބަޔަކު މައްސަލަ ޖެއްސުމުން ވޯޓް ލުން މެދުކަނޑާލި ނަމަވެސް މިހާރު އެރަށުގައި ވޯޓް ލުން ފެށިގެން ކުރިއަށް އެބަދޭ
ސީއެޗްސީގައި ހުރި މައްޗަށް ގޮޅި އުތުރު ރައްޔިތުންނަށް ހާއްސަ ދެ ނަންބަރު ވޯޓް ފޮށީގައި މައްސަލައެއް ދިމާވެ ވޯޓް ލުން މެދުކަނޑާލައިފި.
މިއަދު ކުރިއަށްދާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 239،105 މީހުންނަށް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ. އަދި މާލެ އާއި އަތޮޅުތަކުގެ އިތުރުން ރާއްޖެ އިން ބޭރުގެ ފަސް ގައުމެއްގައި ޖުމްލަ 475 ވޯޓު ފޮށި ވަނީ ބަހައްޓާފައި
މަޖީދިއްޔާ ސުކޫލުގައި އިންޑިއާ ހައިކޮމިޝަންގެ މުވައްޒަފުންނާއި ދިވެހިރާއްޖެއިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރަޖީވް ސަހާރޭ އިންތިހާބު އޮބްޒާވްކުރަނީ
މާލޭ ސިޓީ ކައުންސިލް ސަރަހައްދު، ސިޓީ ކައުންސިލް ހޯލްގައި ހުރި ފޮށިތަކަށް ވޯޓު ލާން ފަށާފައިވަނީ 7:15 ހާއިރު
މެލޭޝިޔާގައި ވޯޓް ލުމަށް ކިއޫ ހަދާފައި. މީގެ 10 ވަރަކަށް މިނިޓް ކުރިން މެލޭޝިޔާގައި ވޯޓް ލުން ފެށިއްޖެ.
އިންޑިއާގެ ޓްރިވެންޑްރަމްގައި ވޯޓު ލާ ސަރަހައްދުގައި އޮތް ވޯޓާސް ލިސްޓުގައި އެމްޑީޕީން ސޮއިކޮށްފައި ނުވާތީ ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުން ތަކެއް އުފެދިއްޖެ. ނަމަވެސް އެމައްސަލަ ކޮމްޕްލެއިންޓް ބިއުރޯއަށް ހުށަހަޅައި އެމްޑީޕީން ލިސްޓްގައި ސޮއިކުރުމުން މައްސަލަ ހައްލުވެ ވޯޓްލާން ފެށިއްޖެ.
އދ. މަހިބަދޫ ރައްޔިތުން ވޯޓްލާން ނިކުމެ ކިއޫގައި
މާލޭ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައިވެސް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގަނޑިއަށް ވަނީ ވޯޓް ލުން ފެށިފައި. އައްޑޫގެ މޫސުމަށް ބަލާއިރު މިހާރުވެސް އައްޑޫގެ ރަށްތަކަށް ދަނީ ތުނިކޮށް ވާރޭ ވެހެމުން
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ ވޯޓް ލުމަށް ވަޑައިގެން ކިއޫގައި
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވޯޓް ލައްވައިފި. އެމަނިކުފާނު ވޯޓް ލެއްވީ މާލޭގައި ހުންނަ ފުވައްމުލަކު ވޯޓު ފޮއްޓަކަށް.
ބައެއް އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ވެސް އިދާރީ ބައެއް މައްސަލަތައް ދިމާވެ ވޯޓުލުން ފެށުމުގައި ކުޑައިރުކޮޅެއް ނެގި ނަމަވެސް. މާ ބޮޑު މައްސަލަތަކެއް މިހާތަނަށް ދިމާވެފައެއްނުވޭ. އޮމާން ކަމާއެކު ވޯޓުލުން ދަނީ ކުރިޔަށް.
ޅ. އަތޮޅުގެ ރަށްރަށުގައި ވެސް މިހާރު ވަނީ ވޯޓުލާން ފަށާފައި. ނަމަވެސް ބައެއް އިދާރީ މައްސަލަތައް ވަނީ ދިމާވެފައި.
ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން ގާސިމް އިބްރާހިމް މިހާރު ވަނީ ވޯޓްލައްވާފައި.
ހުރިހާ ތަނެއްގައި ވެސް ވަނީ ވޯޓްލާން ވަނީ ފަށާފައި. ބައެއް މަރުކަޒުތަކުގައި އިދާރީ ގޮތުން ވަނީ ބައެއްކަންކަން ހަމަ ނުޖެހި.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ދާދިދެންމެއަކު ވަނީ ވޯޓްލާން ވަޑައިގެންފައި. ހުރިހާ ވޯޓްލާ މަރުކަޒެއްގައި ވެސް ވަނީ ވޯޓްލާން ގިނަ އަދަދެއްގެ ބަޔަކު ކިޔޫޖެހިފައި. މާލޭގައި ވެސް ބައެއް ސަރަހައްދުގައި އަދިވެސް ވޯޓްލާން ނުފެށޭ.
ވޯޓްލާން ފަށާފައިވާއިރު ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން ގާސިމް އިބްރާހިމް ދެންމެ ވަނީ ވޯޓްލައްވާފައި.
ހުރިހާ ވޯޓްލާ މަރުކަޒެއްގައިހެން 7:00 ޖެހުމާއެކު ވޯޓްލާން ފަށައިފި. ބައެއް މަރުކަޒުތަކުގައި ވޯޓްލާން ފެށުނީ ކުޑައިރުކޮޅެއް ފަހުން.
އިންތިހާބު ވޯޓްލާން ފަށަން ތައްޔާރުވެފައިވާއިރު ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އެ ބުރުގައި ވޯޓް ލާ މީހުންގެ ލިސްޓުގައި ރިޔާސީ ކެންޑިޑޭޓުންގެ މަންދޫބުން ވަނީ ސޮއި ކުރަން ފައްޓަވާފައި.
ވޯޓްލާ ހުރިހާ މަރުކަޒެއްގައިވެސް މިހާރު ވަނީ ކިޔޫ ހަދާފައި. އަދި ވޯޓް އޮފިޝަލުން ގެންދަނީ ވޯޓާން ފެށުމުގެ ތައްޔާރީތައްވަމުން
މިއަދު 7:00 ޖަހާއިރު ވޯޓްލާން ފަށައިގެން އިރު އޮއްސޭއިރު ގިނަ ފޮށިތަކެއް ނަތީޖާތައް ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ. ފުއާދު ވިދާޅުވީ، އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދާނީ މިއަދު 7:00 އިންފެށިގެން 3:30 އަށް ކަމަށެވެ. އަދި 3:30 ވާއިރު ކިއުގައި ވޯޓުލާން އައިސްތިބި މީހުން ނެތްނަމަ ވޯޓު ފޮށިތައް ބަންދުކޮށް 4:00 ޖަހާއިރު ވޯޓް ގުނަން ފަށާނެ ކަމަށް. އެހެން ކަމުން އިރު އޮއްސުމާއި ހަމައަށް ދާއިރު ގިނަ ފޮށިތަކެއްގެ ވަގުތީ ނަތީޖާ އޮންނާނީ ލިބިފައި ކަމަށް ވެސް ވިދާޅުވި
އަތޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާއިރު ބައެއް ރަށްރަށުގައި ވަނީ ވޯޓުލާން ކިއު ހަދާފަ. އިލެކްޝަންސް އޮފިޝަލުންނާއި ފުލުހުންގުޅިގެން މާލޭގެ ވޯޓު ފޮށި ބަހައްޓާ މަރުކަޒުތަކަށް ވޯޓުލާން ބޭނުންވާ ސާމާނުތައް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ